މައްސަލައިގައި އަވަހަށް ގޮތެއް ނިންމައި ދިނުމަށް މަހުލޫފު އެދިވަޑައިގެންފި

ދިވެހިރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ މައްސަލައިގައި ބޭނުންވަނީ ދައުވާ ކުރުމާމެދު އަވަހަށް ގޮތެއް ނިންމައި ދިނުމަށް ކަމަށް ވިދާޅުވ...

20 Jun 2021 | 09:59

ދިވެހިރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރާ މައްސަލައިގައި ބޭނުންވަނީ ދައުވާ ކުރުމާމެދު އަވަހަށް ގޮތެއް ނިންމައި ދިނުމަށް ކަމަށް ވިދާޅުވެ މަސްއޫލިއްޔަތުން ވަގުތީ ގޮތުން އެކަހެރިކޮށްފައިވާ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އެކަމަށް އެދިވަޑައިގެންފިއެވެ.

މަހުލޫފު މިހެން ވިދާޅުވީ، އޭނާގެ މައްސަލައިގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާނީ ކަންކަން ލިބެންޖެހޭ ލިޔެކިޔުން ފުރިހަމަވުމުން ކަމަށް ޕީޖީ ހުސައިން ޝަމީމް މިއަދު ވިދާޅުވެފައިވާ ހަބަރު ހިއްސާކުރައްވައި ފޭސްބުކްގައި ލިޔުއްވި ޕޯސްޓެއްގައެވެ.

މަހުލޫފު ވިދާޅުވީ، ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން އޭސީސީއަށް ފޮނުވި ސިޓީން ޔަޤީންވާ ގޮތުން، 24 ޖެނުއަރީ ގައި ޑިއުޓިީ ޕްރޮސެކިއުޝަން ޕޯޓަލް މެދުވެރުކޮށް ފުލުހުން ޕީޖީއަށް އޭނާގެ މައްސަލަ ހުށައެޅުމުން ތަހުގީގު ފުރިހަމަ ކުރަން އަންގާފައިވާ ކަމަށެވެ.

https://twitter.com/AhmedMahloof/status/1406525987010011146

އޭގެ 5 މަސް ފަހުން އޭސީސީއިން ހަމަ މައްސަލަ އޮތްގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް ފޮނުވާފައިވާކަމަށާއި އަނެއްކާވެސް ޕީޖީން އަންގާފައިވަނީ އެ މައްސަލަ ފުރިހަމަ ކުރުމަށް ކަމަށް މަހުލޫފް ވިދާޅުވެފައިވެއެވެ. އަދި ދައުވާ ކުރިޔަސް، ނުކުރިޔަސް އެއީ ޤާނޫނާ ހިލާފަށް ހޯދާފައި ހުރި ހެކިތަކެއް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މި މައްސަލައިގައި އޭސީސީން ބުނެފައިވަނީ މަހުލޫފު މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި ރިޝްވަތުގެ ގޮތުގައި 33,000.00 އެމެރިކާ ޑޮލަރު ގަބޫލުކުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް