މާލެ އިން ފެނުނު ބޮޑު ހަރުފައެއް ހިފައިފި

މާލެއިން ފެނުނު ބޮޑު ހަރުފައެއް ސިފައިން ހިފައިފިއެވެ. މައުލޫމާތު ލިބިފަިއވާ ގޮތުގައި މި ހަރުފަ ފެނިފައިވަނީ އިސްކަންދަރު މަގުގައި ހުރި ގުދަނަކުންނެވެ. މި ހަރުފަ ފެނުމާއެކު ފުލުހުންނަށް ރިޕޯޓް ކުރުމުނ...

20 Jun 2021 | 09:44

މާލެއިން ފެނުނު ބޮޑު ހަރުފައެއް ސިފައިން ހިފައިފިއެވެ.

މައުލޫމާތު ލިބިފަިއވާ ގޮތުގައި މި ހަރުފަ ފެނިފައިވަނީ އިސްކަންދަރު މަގުގައި ހުރި ގުދަނަކުންނެވެ.

މި ހަރުފަ ފެނުމާއެކު ފުލުހުންނަށް ރިޕޯޓް ކުރުމުން ހަރުފަ ހިފުމަށް ވަނީ ސިފައިންގެ އެހީއަށް އެދިފައެވެ. އަދި ސިފައިން ވަނީ އޭތި ހިފާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނިފައިވާ ހަރުފައަކީ ވިހަ ގަދަ ވައްތަރެއްގެ ހަރުފައެކެވެ. ހަރުފައަކީ ދިވެހިރާއްޖޭގައި އުޅޭ އެއްޗަކަށް ނުވާއިރު އެއީ ދިވެހިރާއްޖެ އެތެރެކުރުން ވެސް މަނާއެއްޗެކެވެ.

އެ ގުދަނުން ހަރުފައެއް ފެނިފައި ވަނީ ކީއްވެ ކަމެއް އެނގިފައި ނުވެއެވެ. ފުލުހުން ވެސް މިކަމުގެ ތަފުސީލެއް ނުދެއްވައެވެ.

މިކަން ފުލުހުން ދަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް