ކުރީގެ ރައީސުލްޖުމްހޫރިއްޔާ، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާގެ މައްސަލައިގައި، ތުހުމަތުކުރެވޭ ފަރާތްތަކަށް އޯގަސްޓު 5 ވަނަ ދުވަހު ދައުވާ ކުރަން ފޮނުވޭނެ ކަމަށް ޕްރޮސެކިއުޓަަރ ޖެނެރަލް (ޕީޖީ) ލަފާކޮށްފި އެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި، މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވީ ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގެ ތަހުގީގު ހިތްހަމަ ޖެހޭ ދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ.
ޝަމީމް ވިދާޅުވީ ތަހުގީގުގެ ކަންކަން ކުރިއަށްދާއިރު ޕީޖީގެ ޓީމަކުން ބައްލަވަމުން ދާ ކަމަށެވެ. އަދި މިކަމުގައި ފުލުހުން ބޭރުގެ ފަރާތްތަކުގެ ލަފާ ހޯއްދަވަވަމުން ގެންދަވާކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ، ތަހުގީގު ޖުމުލަކޮށް ކުރިއަށްދާގޮތާމެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ.
މީގެ އިތުރުން، މި މައްސަލައިގައި ޖުލައި ފަހު ކޮޅު ތަހުގީގު ނިންމާ ލިޔުންތައް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އޯގަސްޓު މަހުގެ 5 ވަނަ ދުވަހު ދައުވާ ކުރަން ފޮނުވޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޝަމީމް ވިދާޅުވިއެވެ. އަދި މަސައްކަތް ކުރަނީ އޭގެ ކުރިންވެސް ކަންކަން ނިންމާ ދައުވާ ކުރެވޭތޯ ކަމަށް ޕީޖީ ވިދާޅުވިއެެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ހަތަރު މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެއެވެ. އެއީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އާއި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު އަދި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހު އެވެ.
މީގެ ތެރެއިން އަދުހަމަކީ ނަޝީދަށް ހަމަލާދިނުމަށް ތައްޔާރުކޮށްފައިވާ ޑިވައިސް ރިމޯޓެއް ބޭނުންކޮށްގެން ގޮއްވާލި ފަރާތެވެ. އެމަންޒަރު ސީސީޓިވީ ފުޓޭޛުތަކުން ސާފުކޮށް ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް