ގަލޮޅު ސާރިގާގެ ކޮޓަރިއެއްގައ މަރުވެފައި އޮއްވާ ފެނުނު ލިއުޝާ ޝާކިރުގެ މަރުގެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، މައްސަލައިގެ ރިޕޯޓު ވަރަށް އަވަހަށް އާންމު ރައްވާނެ ކުރާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ކޮމިޝަނަރ މުއުމިނާ ވަހީދު ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ މުއުމިނާ ވަހީދު މިހެން ވިދާޅުވީ، ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ކޮމިޝަނަރ މުއުމިނާ ވަހީދު ވިދާޅުވީ މަރުވެފައި އޮއްވާ ފެނުނު ލިއުޝާގެ މައްސަލައަކީ ކޮމިޝަނުން އިސްނަގައިގެން ބަލަމުންދާ މައްސަލައެއް ކަމަށާއި، އަމިއްލަ ފަރާތަކުން މި މައްސަލަ ހުށަހަޅާފައިނުވާ ކަމަށެވެ. ކޮމިޝަނަރ ވިދާޅުވީ މައްސަލައިގެ ރިޕޯޓު ވަރަށް އަވަހަށް ކުރެވިގެންދާނެ ކަމަށާއި، މިހާރު ކުރިއަށްދަނީ ތަހުގީގު ބަޔާން ނަގަންޖެހޭ ފަރާތްތަކުން ބަޔާން ނެގުމާއި އޭގައި ހަދަން ޖެހޭ ފޮރެންސިކް އެނަލިސިސް ހެދުމުގެ މަސައްކަތްތައް ކަމަށެވެ.
އޭނާ ވިދާޅުވީ މިވަގުތު ބަލަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލު ހާމަ ކުރެވެން ނެތް ކަމަށެވެ.
ލިއުޝާމަރުވެފައި އޮއްވާ ފެނުނީ ކުނިވަސް ދުވާތީ އޭނާ ދިރިއުޅޭ ކޮޓަރިއަށް ދިއުމުން އޭނާގެ ދައްތައަކަށެވެ. މަރު ފޯމުގައި މަރުވި ސަބަބެއް ކަމަށް ޖަހާފައި ވަނީ ފިޓުޖެހިގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް