އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑު ކޮށްފި

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ. އެ ކުންފުނިން ބުނީ ޕެޓްރޯލާއި ޑީސަލް ވިއްކާ އަގަށް ބަދަލު ގެނެސްފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. މިއަދުން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ...

20 Jun 2021 | 07:42

އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފި އެވެ.

އެ ކުންފުނިން ބުނީ ޕެޓްރޯލާއި ޑީސަލް ވިއްކާ އަގަށް ބަދަލު ގެނެސްފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. މިއަދުން ފެށިގެން އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޝެޑްތަކުން ތެޔޮ ވިއްކާނީ އަގަށް ގެނައި ބަދަލާއި އެކު ކަމަށް ބުނެ އެވެ.

މިއަދުން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ 10.72 ރުފިޔާ އަށެވެ. އެންމެ ފަހުން ވިއްކީ 9.97 ރުފިޔާ އަށެވެ.

އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9.74 ރުފިޔާ އަށެވެ. އެންމެ ފަހުން ޕެޓްރޯލް ލީޓަރެއް ވިއްކީ 8.85 ރުފިޔާ އަށެވެ.

އެ ކުންފުނިން ބުނީ ތެލުގެ އަގަށް މި ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރުކޮށްދޭ ތެލުގެ ހިދުމަތް ދެމެހެއްޓެނެވި ގޮތެއްގައި ގެންދިއުމަށްޓަކައި ކަމަށެވެ.

އެސްޓީއޯ އިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ މާޗު މަހުގެ 16 ވަނަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް