ހަމަ އެންމެ ސުވާލެއް: ވަރި ގިނަ ވަނީ ކީއްވެ؟

ދިވެހިރާއްޖޭގައި ކުރެވޭ ވަރީގެ ނިސްބަތް އަހަރަކަށް ފަހު އަހަރެއްގައި ދަނީ އިތުރުވަމުންނެވެ. މި ގޮތުން ވަރީގެ އަދަދުގައި 2019 ވަަނަ އަހަރޔު ވަނީ ބޮޑު ތަފާތެއް ދައްކާފައެވެ. 2018 ވަނަ އަހަރަށް ވުރެ 2019...

20 Jun 2021 | 04:44

ދިވެހިރާއްޖޭގައި ކުރެވޭ ވަރީގެ ނިސްބަތް އަހަރަކަށް ފަހު އަހަރެއްގައި ދަނީ އިތުރުވަމުންނެވެ. މި ގޮތުން ވަރީގެ އަދަދުގައި 2019 ވަަނަ އަހަރޔު ވަނީ ބޮޑު ތަފާތެއް ދައްކާފައެވެ. 2018 ވަނަ އަހަރަށް ވުރެ 2019 ވަނަ އަހަރު ރާއްޖޭގައި ކުރެވުނު ވަރީގެ ނިސްބަތް 60 އިންސައްތަ މަތިވުމަކީ ހައިރާންވެ އަންތަރީސް ވާން ޖެހުނު ކަމެކެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއިން ހާމަކޮށްފައިވާ، ދިވެހިރާއްޖޭގައި ކުރެވޭ ކައިވެންޏާއި ވަރީގެ ތަފާސް ހިސާބުގައި ވާގޮތުން، 2018ވަނަ އަހަރު ކޮށްފައި ވަނީ 3166 ވަރިއެވެ. އަދި 2019 ވަނަ އަހަރު 5117 ވަރިކޮށްފައިވެއެވެ މިއީ ސާބަހާއެކު ރަން މެޑަލި ދޭވަރު ކަމެއް ނޫންތޯއެވެ؟. ދިވެހިރާއްޖޭގެ ކޯޓުތަކުގައި ރަޖިސްޓްރީ ކުރެވިގެން 2018 ވަނަ އަހަރު ކައިވެނި ކޮށްފައި ވަނީ 5290 ކައިވެންޏެވެ. އަދި 2019 ވަނަ އަަހަރު ކޮށްފައި ވަނީ، 6509 ކައިވެންޏެވެ. މިއީ އިންސައްތައިން ބަލާނަމަ، 23 އިންސައްތަ މަދު އަދަދެކެވެ.

ދުނިޔޭގެ ރެކޯޑެކެވެ. އެންމެ ވަރި ގިނަ ގައުމުގެ ރެކޯޑު އޮތީ ދިވެހިރައްޖޭގައެވެ. އަލަކަށް ނޫނެވެ. 2014 ވަނަ އަހަރުން ފެށިގެންނެވެ. ދުނިޔޭގެ ރެކޯޑު ފޮތުގައި ވަނީ، ރާއްޖޭގައި ކޮންމެ 1000 ރައްޔިތަކަށް އަހަރަކު 10.97 އިންސައްތަ ވަރި، ނިސްބަތުން ބަލާނަމަ ކުރާ ކަމަށެވެ. ސުވާލަކީ ވަރި ގިނަ ވަނީ ކީއްވެ ހެއްޔެވެ؟

އެންމެ ގިނަ ފަހަރު ވަރިއާ ހަމައަށް ދަނީ ދެމަފިރިންގެ ދެމެދުގައި ކުރެވޭ ޒުވާބުތައް ހޫނުވެގެންނެވެ. ނުވަތަ މާ ގިނައިން ޒުވާބު ކުރެވޭތީއެވެ. ދެވަނައަށް އެންމެ ގިނައިން ކުރުމަތިވާ ސަބަބަކީ ގެވެށި އަނިޔާއެވެ. ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނައިން ވަރި ކުރެވެނީ މިހެންވެއެވެ. ދެން އޮތް ސަބަބަކީ މަސްތުވާތަކެތީގެ މައްސަލައެވެ. މަސްތުވާތަކެތި ބެނުންކުރުމުން މަސްތުގެ ހާލަތުގައި ހުރެގެން ވެސް ވަރިިކޮށްލެވެއެވެ. ނުވަތަ ފިރިމީހާ މަސްތުވާތީ އުނދަގޫވެގެން އޭނާ ކައިރިން ސަލާމަތްވާން އަނބިމީހާ ވަރިއަށް އެދިގެން ވަރިވެއެވެ.

އިތުރު ސަބަބުތަކުގެ ތެރޭގައި އެދުން ފުއްދައި ނުދިނުމާއި ތަނަސްވަކަން ނެތުމާއި، ލޯތްބާއި އަޅާލުން ނުލިބުން ހިމެނެއެވެ. ހަމައެހެންމެ، ހިތާވާ އެހެން މީހަކު ހުރުމާއި، ދަރިން ނުލިބުމުގެ މައްސަލައާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ނުވުމަކ ވެސް ވަރިއާ ހަމައަށްދާ ސަބަބެވެ.

އެކަކު އަނެކަކަށް އިޙުތިރާމްކުރުން މަތީ ދެމި އޮންނަން ޖެހޭ އުފާވެރި ކައިވެންޏަކީ އިސްލާމްދީން ބޮޑު އަހަންމިއްޔަތެއް ދޭ ކަމެކެވެ، އެކަމަކު ހުރިހާ ކައިވެންޏަކީ ކާމިޔާބު އެއްޗަކަށް ހެދުމަކީ މުސްތަޙީލް ކަމެކެވެ. އިންސާނުންގެ ތަބީޢަތަށް ބަލާއިރު ވަރިކުރުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫނެވެ. އެކަމަކު އެއީ ވަރިވެސް އޭގެ ތަބަޢީ ގޮތަށް ކުރާނަމައެވެ. ނުވަތަ ތަބަޢީ މިނަކަށް އެކަންތައް މުޖްތަމަޢުގައި އޮންނަ ނަމައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް