މި މަހުގެ ކުރީކޮޅު ކެނެޑާގެ ލަންޑަން ސިޓީގެ އޮންޓާރިއޯގައި ލޮރީއަކުން ޖައްސަލައި މުސްލިމު އާއިލާއެއް މަރާލުމާއެކު އެ ގައުމުގައި މިހާރު އުފެދިފައިވާ މުސްލިމް މޫވްމަންޓުން، ހިޖާބާއި އެކު ހިތްހަމަޖެހުން މި ޝުޢޫރުގައި ބޮޑު ރެލީއެއް ބާއްވައިފިއެވެ.
އިއްޔެ މި ރެލީ ބާއްވާފައިވަނީ ލަންޑަން ސިޓީގެ އޮންޓާރިއޯގެ ވިކްޓޯރިއާ ޕާކުގައެވެ.
މި ހަރަކާތް އިންތިޒާމުކޮށްފައިވަނީ މުސްލިމު އެސޯސިއޭޝަން އޮފް ކެނެޑާ (އެމްއޭސީ) އިންނެވެ. މި ހަރަކާތުގައި ގިނަ ބަޔަކުބައިވެރިވެފައިވާއިރު މުސްލިމު ނޫން ފަރާތްތައްވެސް ބުރުގާ އަޅައިގެން މި ހަރަކާތުގައި ބައިވެރިވެ މުސްލިމުންނަށް ސަޕޯޓުކުރާކަން ހާމަކޮށްފައިވެއެވެ.
އަޒާލް އާއިލާގެ ނަމުން ނަން ދީފައިވާ ހަތަރު މުސްލިމަކު ހިމެނޭ އާއިލާއެއް މަގުމަތިން ހިނގާފައިދަނިކޮށް ބޮޑު ލޮރީއަކުން ޖައްސައި އެ ހަތަރު މީހުން މަރާލާފައިވަނީ ކެނެޑާގައި މުސްލިމުންނާއި ދެކޮޅަށް ވަކާލާތުކުރާ މީހެކެވެ.
https://twitter.com/MACNational/status/1406078615490596864
އެމީހާ މިހާރު ހައްޔަރުކޮށްފައިވާއިރު ކެނެޑާގައި އިސްލާމޮފޯބިއާ މައްސަލަ ބޮޑުވެ، އެކަމަށް ހޭލުންތެރިކޮށް މުސްލިމުންނަކީ ނުރައްކާތެރި ބައެއް ނޫންކަން ހާމަކޮށްދިނުމަށާއި އަޒާލް އާއިލާއަށް އިންސާފަށް އެދި ކެނެޑާގެ ލަންޑަނުގައި ވަރުގަދަ ހަރަކާތްތަކެއް އަންނަނީ ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް