އަދުގެ ތާރީހަކީ 20 ޖޫން 2021 އެވެ. މި ހިނގާ ޖޫން މަހުގެ ތިން ވަނަ އާދީއްތަ ދުވަހެވެ. ބައިނަލްއަގްވާމީ ގޮތުން އެންމެ ގިނަ ގައުމުތަކުގައި ބައިނަލްއަގްވާމީ ބައްޕައިގެން ދުވަސް ފާހަގަކުރާ ދުވަހަކީ މިއަދެވެ.
ބައްޕައިންގެ ދުވަސް ބައެއް ގައުމުތަކުގައި ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައިވެސް ފާހަގަކުރަމުން އަންނައިރު މި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފަށާފައިވަނީ 1910 ވަނަ އަހަރުގައެވެ. އޭރު މި ދުވަސް ބައިނަލްއަގްވާމީ ގޮތެއްގައި ފާހަގަކޮށްފައިވަނީ މަދު ގައުމެއްގައެވެ. ނަމަވެސް މިއަދު ދުނިޔޭގެ 90 އަށްވުރެ ގިނަ ގައުމަކުން، ޖޫން މަހުގެ ތިންވަނަ އާދީއްތައިގާ ފަހަގަކުރަމުންދެއެވެ. މި ގައުމުތަކުގެ ލިސްޓުގައި ދިވެހިރާއްޖެވެސް ހިމެނެއެވެ.
ބައިނަލްއަގްވާމީ ބައްޕައިންގެ ދުވަސް ބައެއް އެހެން ގައުމުތަކުގައި ތަފާތު ތާރީހުތަކެއްގައިވެސް ފާހަަކުރަމުންދެއެވެ.
ބައިނަލްއަގްވާމީ ބައްޕައިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދުވަހުގެ ކިޔުންތެރިންނާއި އެންމެހާ ބައްޕައިންނަށް އަރިސްކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް