ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު ޢީސާ މައްޗަށް ގެވެށި އަނިޔާ ތުހުމަތު ކުރެވޭ މައްސަލާގައިގައި ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމްގެ ނަމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ސިޓީއެއް ފޮނުވާފައި ވަނީ ޢީސަގެ ވަކީލުންގެ ފަރާތުން ކަމަށް ބުނެވުނީ މައުލޫމާތުގެ ކުށަކުން އޮޅިގެން ކަމަށް އެ އޮފީހުން ބުނެފިއެވެ.
އެ މައްސަލައަކީ އަސްރާ ޖަޒުބާތުގައި ޖެހި ހުށަހެޅި މައްސަލައެއް ކަމަށް ބުނެ، ނުބަލައި ދޫކޮށްލުމަށް އެދި ޕީޖީއަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، އަސްރާ ގެވެށި އަނިޔާގެ މައްސަލަ ހުށަހެޅީ ޢީސައާ ހިލޭ އަންހެނަކާ ގާތް ގުޅުމެއް އޮވެ އެކަމުގެ ތެރެއިން ދިޔަ ހަމަނުޖެހުމެއްގައި ކަމަށާއި، އަސްރާ ޖަޒުބާތުގައި ޖެހި ފުލުހުންނަށް ބަޔާން ދިނީ ކަމަށް ވެސް ސިޓީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އެފަދަ ސިޓީއެއް ޕީޖީގެ އޮފީހަށް ލިބިފައިވާ ކަމަށާއި، އެއީ އީސަގެ ވަކީލުންގެ ފަރާތުން ކަމަށް އެ އޮފީހުން މީގެ ކުރިން ބުނި ނަމަވެސް، ފަހުން އެ އޮފީހުން ބުނެފައިވަނީ އެއީ މައުލޫމާތުގެ ކުށެއް ކަމަށެވެ. އަދި އެއީ ކޮން ފަރާތަކުން ފޮނުވި ސިޓީއެއްކަން ޔަގީން ނުވާ ކަމަށެވެ.
އެކަން ކަށަަވަރު ކުރެވޭނީ އާދީއްތަ ދުވަހު (މިއަދު) ކަމަށް ވެސް އެ އޮފީޙުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް