މާލޭ ގެއެއްގެ ގޭސްފުޅިއެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. އަލިފާން ރޯވެފައިވަނީ މ. ގުލްހަޒާރު ވާދީގައި އެވެ. އެމްއެންޑިއެފުން ބުނީ އަލިފާނުގެ ހާދިސާ ރިޕޯޓު ކުރީ ހެނދުނު 11:02 ހާއިރު ކަމަށެވެ. އެމްއެންޑީއެ...

20 Jun 2017 | 06:23

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާން ރޯވެފައިވަނީ މ. ގުލްހަޒާރު ވާދީގައި އެވެ. އެމްއެންޑިއެފުން ބުނީ އަލިފާނުގެ ހާދިސާ ރިޕޯޓު ކުރީ ހެނދުނު 11:02 ހާއިރު ކަމަށެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާދަމް އާޒިމް ވިދާޅުވީ އެގޭގައި އަލިފާން ރޯވީ ގޭސްފުޅިއެއްގައި ހުޅު ހިފައިގެން ކަމަށެވެ. އެކަމަކު މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް