ގޮވާމުން ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
އެ މިނިސްޓްރީން ބުނީ ގޮވާމުން ޒަކާތް ބަލައިގަތުން ކުރިޔަށްދާނީ އަރަބިއްޔާ ސްކޫލުގެ ހޯލުގައި މިއަދުން ފެށިގެން ރޯދަމަހުގެ 27 (22 ޖޫން) ގެ ނިޔަލަށް ކަމަށެވެ. ގޮވާމުން ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 10:00 ން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 ން 10:30 އަށެވެ.
ފިތުރު ޒަކާތުގެ މިންވަރަކީ އެ ރަށެއްގައި ވިއްކަން ހުރި 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެހެންކަމުން ގޮވާމުން ޒަކާތް ދައްކާ ފަރާތްތަކުން ދައްކަންޖެހޭނީ 2.4 ކިލޯ ހަނޑުލެވެ.
އެ މިނިސްޓްރީން ބުނީ ޒަކާތުގެ ގޮތުގައި މިހާތަނަށް މާލެ ސަރަހައްދުން 69 ހާހަށްވުރެ ގިނަ މީހުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ބުނީ އަތޮޅުތެރޭގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ޖުމްލަ އެނގެން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ.
ޒަކާތް ބަލައިގެންނަ އެންމެ ފަހު ދުވަހަކީ ރޯދަ މަހުގެ 29 ވަނަ ދުވަހެވެ. އިސްލާމިކް މިނިސްޓްރީން މިހާރު ގެންދަނީ ފަގީރުންގެ ލިސްޓު އެކުލަވާލުމުގެ މަސައްކަތް ކުރަމުންނެވެ. އަދި މިއަހަރު ފަގީރުންގެ ގޮތުގައި ޒަކާތް ހައްގުވާ ފަރާތްތަކަށް ޒަކާތް ބަހަންފަށާ ތާރީހު ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް