އާމިރު ހާން އަކީ މިފަހަކަށް އައިސް ބޮލީވުޑް ތަރިންގެ ތެރެއިން ކުޅޭ ކޮންމެ ފިލްމަކަށް ހަށިގަނޑަށް ތަފާތު ބަދަލުތައް ގެންނަ ތަރި އެކެވެ.
އާމިރް ހާންގެ ފިލްމުތައް ކަމަށްވާ "ދޫމް 3" ށް 2013 ވަނަ އަހަރު އާމިރު ވަނީ ބަރުދަން ލުއިކޮށްފައި އެވެ. އަނެއްކަ ޖެހިގެން އައި 2014 ވަނަ އަހަރު ރިލީޒްވި "ޕީކޭ" އަށް އަދި އެއަށްވުރެ ބަރުދަން ލުއިކޮށްފަވެ އެވެ.
އާމިރްހާންގެ ގައިގަ އާންމުކޮށް ހުންނަނީ 70 ކިލޯގްރާމެވެ. އެކަމަކު 2016 ވަނަ އަހަރު ރިލީޒްވި "ދަންގާލް" ގައި މެދު އުމުރުގެ ބައްޕައެއްގެ ރޯލު ކުޅުމަށް އޭނާ ވަނީ 120 ކިލޯގްރާމަށް ބަރުވެފައި އެވެ. އެންމެން ހީކޮށްގެން ތިބީ ދެން ބަރުދަން ލުއިކޮށް ހިކުމަކީ އާމިރަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އަދި އެގޮތަށް އޭނާގެ އާއިލާއިންވެސް ގަބޫލު ކުރި ކަމަށްވެ އެވެ.
އާމިރުގެ ގާތް މީހަކާ ހަވާލާދީ މީޑިއާގައި ރިޕޯޓު ކޮށްފައިވާގޮތުގައި އާއިލާއިން ވަނީ 120 ކިލޯގްރާމަށް ބަރުވުމުން ސިއްހީ މައްސަލަތަކެއް ނިކުމެ އަލުން ބަރުދަން ލުއި ނުކުރެވިދާނެތީ އެހާ ބަރު ނުވުމަށް އެދިފަ އެވެ. އެކަމަކު އާމިރަކީ އޭނާ ކުޅޭ ފިލްމުތަކަށް ވަރަށް ބޮޑަށް ތައްޔާރުވެ ކަމާ ވެގެން އުޅޭ މީހަކަށްވާތީ ބަރުވާން ބޭނުންވީ ކަމަށް އޭނާ ބުނެފައިވެ އެވެ.
މިހާރު އާމިރު ވަނީ އޭނާ އާންމުކޮށް ހުންނަވަރު ކަމަށްވާ 70 ކިލޯގްރާމަށް ބަރުދަން ލުއިކޮށްފައި އެވެ. އަދި އަތާއި ހަށިގަނޑުގެ މަސްތައްވެސް ވިރުވާލައިފި އެވެ. މިހާރު އާމިރު ފެންނަނީ ވަރަށް ކުޑަކުޑަ މީހެއްގެ ގޮތުގައި އެވެ. ބެލެވޭގޮތުގައި މި ބަދަލަކީ ދެން އެންމެ އަވަހަށް ރިލީޒްވާ އާމިރްގެ ފިލްމު "ތަގްސް އޮފް ހިސްދޮސްތާން" ގައި އޭނާ ފެންނާނެ ގޮތެވެ.
އާމިރް ހިކިކޮށް ފެންނަ ފޮޓޯތައް ފެނިގެން ސަޕޯޓަރުންނާއި ފިލްމީ ދާއިރާގައި މަސައްކަތް ފުރާ ފަރާތްތަކުން ދަނީ އާމިރްއަށް އަންނަ އެ ބަދަލުތަކަށް ތައުރީފުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް