މިސްޓަ އިންޑިއާގެ ތަރިން ހިމަނައިގެން "މިސްޓަ އިންޑިއާ 2" އުފައްދަނީ

އަނިލް ކަޕޫރު އަދި ޝްރީދޭވީ އެކުގައި ފެނިގެން ދިޔަ މަޝްހޫރު ފިލްމު "މިސްޓަ އިންޑިއާ" ގެ ސީކުއެލްއެއް އުފައްދަން ތައްޔާރުވެއްޖެ އެވެ. "މިސްޓަ އިންޑިއާ" ރިލީޒް ކޮށްފައިވަނީ 1987 ވަނަ އަހަރު އެވެ. އެ ފިލ...

20 Jun 2017 | 04:15

އަނިލް ކަޕޫރު އަދި ޝްރީދޭވީ އެކުގައި ފެނިގެން ދިޔަ މަޝްހޫރު ފިލްމު "މިސްޓަ އިންޑިއާ" ގެ ސީކުއެލްއެއް އުފައްދަން ތައްޔާރުވެއްޖެ އެވެ.

"މިސްޓަ އިންޑިއާ" ރިލީޒް ކޮށްފައިވަނީ 1987 ވަނަ އަހަރު އެވެ. އެ ފިލްމަށް އޭރު ބޮޑު ކާމިޔާބީއެއް ލިބި އެވޯޑުތަކެއް ހޯދާފައިވެ އެވެ.

އެހެން ޑައިރެކްޓަރަކު ޑައިރެކްޓު ކުރާ އާ ސީކުއެލް "މިސްޓަ އިންޑިއާ 2" ބެލުންތެރިންނަށް ފެންނާނެ ދުވަހެއް އަދި ނޭނގެ އެވެ. އެ ފިލްމު އުފައްދާ ފަރާތާއި ހަވާލާދީ މީޑިއާގައި ބުނެފައިވަނީ އަލަށް އުފައްދާ ފިލްމުގައިވެސް ކުރީގެ ފިލްމުގައި ލީޑްރޯލް ކުޅުނު ދެ ތަރިން ކަމަށްވާ އަނިލް ކަޕޫރާއި ޝްރީދޭވީ ފެނިގެންދާނެ އެވެ.

މި ދެ ތަރިންގެ އިތުރުން ފިލްމުގައި ލީޑްރޯލުން ފެނިގެން ދާނީ މުޅިން އާ ދެ ތަރިން ނެވެ. އަދި "މިސްޓަ އިންޑިއާ 2" ގައި ފެނިގެންދާނީ ކުރީގެ ފިލްމާއި ގުޅުން ހުރި ބައެއް ކަމަށާއި އެކަމަކު ވަރަށް ބޮޑަށް ތަފާތު ފެންނާނެ ކަމަށް ބުނެފައިވެ އެވެ.

"މިސްޓަ އިންޑިއާ" ގައި ނުބައިބާ މީހެއްގެ ރޯލުން ފެނިގެން ދިޔަ އަޕްރުޝްޕޫރީ ވަނީ މަރުވެފައި އެވެ.

"މިސްޓަ އިންޑިއާ 2" ގެ އެއްވެސް މަސައްކަތް އަދި ނުފަށަ އެވެ. ޝްރީދޭވީ މި ދުވަސްވަރު އުޅެނީ އަންނަ މަހު ރިލީޒް ކުރާ "މޮމް" ޕްރޮމޯޓު ކުރުމައިގެންނެވެ. އަނިލް ކަޕޫރު އުޅެނީ އަމިއްލަ ޕްރޮޑަކްޝަންއިން އުފައްދާ ފިލްމެއްގެ މަސައްކަތުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް