ހައްޖަށް ގެންދާ ކުންފުނިތައް ތިންވަނަ ފަހަރަށް ކަނޑައަޅައިފި

ހައްޖަށް މީހުން ގެންދާނެ ކުންފުނިތަކުގެ ގޮތުގައި ހަތަރު ކުންފުންޏެއް އަލުން ކަނޑައަޅައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމާއި އެއްގޮތަށް ހައްޖަށް މީހުނ...

20 Jun 2017 | 03:45

ހައްޖަށް މީހުން ގެންދާނެ ކުންފުނިތަކުގެ ގޮތުގައި ހަތަރު ކުންފުންޏެއް އަލުން ކަނޑައަޅައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ އެންގުމާއި އެއްގޮތަށް ހައްޖަށް މީހުން ގެންދަށް ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތައް އިވެލުއޭޓް ކުރުމަށް ފަހު އަލުން ކުންފުނިތަކެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންވެ ކުރިން ކޮށްފައިވާ ދެ އިއުލާނު ބާތިލްކޮށްފައިވާ ކަމަށް ބުނެ އެވެ.

މިފަހަރު ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވަނީ

ހައްޖު ކޯޕަޜޭޝަން

އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

ޒައީ ގްރޫޕް ޕްރައިވެޓް ލިމިޓެޑް އަށެވެ.

މި ހަތަރު ކުންފުންޏަކީ އެންމެ ފަހުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތަކެވެ. މި ހަތަރު ކުންފުނީގެ އިތުރުން އެންމެ ފުރަތަމަ ފަހަރު އިތުރު ދެ ކުންފުންޏަކަށް ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވެ އެވެ.

ހައްޖު ކޯޓާ ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކޮށްފައިވާ ކަމަށް ބުނެ އަލުން ކުންފުނިތަށް އިވެލުއޭޓުކޮށް، އިވެލުއޭޝަން ކޮމިޓީގައި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުން ނުހިމެނޭ ގޮތަށް މަސައްކަތް ކުރުމަށް އޭސީސީން އެންގުމުން މިނިސްޓްރީން ވަނީ ދެވަނަ ފަހަރަށް ކުންފުނިތަކުގެ ލިސްޓެއް އާންމުކޮށްފައި އެވެ. އެކަމަކު އެ ލިސްޓާއި މެދުވެސް އޭސީސީން ހިތް ހަމަޖެހުމުން މިނިސްޓްރީން މިވަނީ ތިންވަނަ ލިސްޓެއް އާންމުކޮށްފައި އެވެ.

އެކަމަކު މި ކުންފުނިތަކަށް ޕޮއިންޓު ދިންގޮތާއި، ހޮވުމުގައި ބަލާފައިވާ ކަންކަމުގެ ތަފްސީލް ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް