ޓިއުބަކްލޯސިސް (ޓީބީ) ޖެހިގެން ގދ. ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ނަރުހަކު މަރުވެއްޖެ އެވެ.
ޓީބީ ޖެހިގެން މަރުވެފައި ވަނީ، 32 އަހަރުގެ އިންޑިއާ އަންހެނެކެވެ. އޭނާ މަރުވީ އިއްޔެ ހެނދުނު އެވެ. އޭނާ އަކީ ގދ. ވާދޫ ސިއްހީމަރުގައި މަސައްކަތް ކުރި ނަރުހެކެވެ.
އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއަށް ބަދަލު ކުރީ އޭނާގެ އަމަލުތައް ހުންނަގޮތުން ވާދޫ ސިއްހީ މަރުކަޒުން އެދިގެން ކަމަށްވެ އެވެ.
އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެސިސްޓެންޓް މެނޭޖަރު އައިމިނަތު އަބްދުލް ހަކީމް ވިދާޅުވީ އޭނާ ތިނަދޫ ހޮސްޕިޓަލަށް ބަދަލުކުރުމަށްފަހު ވަޒީފާއަށް ނުކުތް ފުރަތަމަ ދުވަހު އޭނާގެ ހާލަތު ހުރި ގޮތުން ޓީބީއަށް ޓެސްޓު ކުރީ ކަމަށާއި ނަރުސް މީހާއަށް ޓީބީ ޖެހިފައި ހުރިކަން އެގުނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާ ވިދާޅުވީ އެ ނަރުސް މީހާ އަކީ މީގެ ކުރިން ޓީބީއަށް ފަރުވާ ހޯދާފައިވާ މީހެއް ކަމަށެވެ.
މިކަމާ ގުޅިގެން ވާދޫ ސިއްހީ މަރުކަޒުގެ މުވައްޒަފުންނާއި އެ ނަރުސް މީހާ ދިރިއުޅުނު ގޭ މީހުން ވަނީ ޓީބީއަށް ޓެސްޓުކޮށްފައި އެވެ. ޓީބީއަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް