މާރާމާރީ ހިންގަން އުޅުނު ބަޔަކު ކޮނޑޭއިން ހައްޔަރުކޮށްފި

ގއ. ކޮނޑޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ. ނަމަވެސް ހައްޔަރު ކުރި މީހުންގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެ ދެ މ...

20 Jun 2015 | 16:06

ގއ. ކޮނޑޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ނަމަވެސް ހައްޔަރު ކުރި މީހުންގެ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. އެ ދެ މީހުން ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ ކޮނޑޭގައި މާރާމާރީ ހިންގަން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓު ކުރީ މިއަދު ހެނދުނު ކަމަށާއި މާރާމާރީ ހިންގަން އުޅެފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އެ މާރާމާރީ ހިނގަން މެދުވެރިވީ އެ ރަށުގައި ކުޅުނު ފުޓުބޯޅަ މެޗަކާއި ގުޅިގެންނެވެ. އަދި ތޫނު ހަތިޔާރުގެ ގޮތުގައި އެމީހުން ބޭނުންކޮށްފައިވަނީ ފުޓުބޯޅަ ދަނޑުގައި ހުރި "ހަންޖަރު" ތަކެއް ކަމަށް ވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް