މާރސްކޮރޯނާ ވައިރައިސް އޭސިއާގެ ބައެއް ގައުމުތަކުން ފެނިފައިވާއިރު މި ބަލި ރާއްޖެ އެތެރެވެ ފެތުރުނަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ހެލްތު މިނިސްޓްރީއާއި ކަމާބެހޭ މުއައްސާތަކުން ގުޅިގެން ކުރަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
މިކަމާ ގުޅޭގޮތުން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިބަލި ދުނިޔޭގެ ގައުމުތަކުގައި ފެންނަމުން އަދި ފެތުރެމުން އަންނަގޮތް އެ އޭޖެންސީގެ ފަރާތުން މޮނީޓާ ކުރަމުން ގެންދާ ކަމާއި މިބަލިން ދިވެހިން އަދި ރާއްޖެ ރައްކާތެރިވެ ތިބުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މިކަމާއި ގުޅިގެން އާންމުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދެމުން އަންނަ ކަމަށާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް އެޗްޕީއޭގެ ނަމްބަރު 3014496 އަދި 9752299 އަށް ގުޅުމަށް އެދޭ ކަމަށްވެސް އެޗްޕީއޭގެ ބަޔާނުގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް