ބޭންކުތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ އިންސައްތަ 60 އިން 90 އަށް މަތިކުރަން ނިންމައިފި

ބޭންކުތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކަންޖެހޭ ބޭރު ފައިސާގެ އިންސައްތަ 60 އިން 90 އިންސައްތައަށް މަތިކުރަން ނިންމައި ބޭރު ފައިސާގެ ސިޔާސަތަށް ބަދަލު ގެނައުމަށް އެމްއެމްއޭއިނ...

20 May 2025 | 14:43

ބޭންކުތަކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ވިއްކަންޖެހޭ ބޭރު ފައިސާގެ އިންސައްތަ 60 އިން 90 އިންސައްތައަށް މަތިކުރަން ނިންމައި ބޭރު ފައިސާގެ ސިޔާސަތަށް ބަދަލު ގެނައުމަށް އެމްއެމްއޭއިން ނިންމައިފިއެވެ.

މިކަން ހާމަކޮށް އެމްއެމްއޭއިން މިއަދު ބުނެފައިވަނީ ޤާނޫނު ނަންބަރު 2024/32 (ބޭރު ފައިސާއާބެހޭ ޤާނޫނު)ގެ 13 ވަނަ މާއްދާގެ (ހ)ގެ ދަށުން ބޭންކްތަކުން އެމްއެމްއޭއަށް ވިއްކަންޖެހޭ ބޭރު ފައިސާގެ އިންސައްތަ 1 ޖޫން 2025 ވަނަ ތާރީޚުން ފެށިގެން އިތުރުކުރުމަށް އެ އޮތޯރިޓީން ނިންމާފައިވާކަމަށެވެ.

"ބޭރު ފައިސާއާބެހޭ ޤާނޫނުގެ ދަށުން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން، ބޭންކުތަކަށް މާރުކުރާ ފައިސާގެ ތެރެއިން އޮތޯރިޓީން ކަނޑައަޅާ އިންސައްތައެއްގެ ޢަދަދަކަށް ބޭރު ފައިސާ ބޭންކުތަކުން އޮތޯރިޓީއަށް ވިއްކަންޖެހެއެވެ. މިގޮތުން ކޮންމެ ހަފްތާއަކު ބޭންކުތަކުން އޮތޯރިޓީއަށް ވިއްކަންޖެހޭ ބޭރު ފައިސާ %60 އިން %90 އަށް 1 ޖޫން 2025 ވަނަ ތާރީޚުން ފެށިގެން އިތުރުކުރުމަށް އޮތޯރިޓީން ވަނީ ނިންމާފައި" އެމްއެމްއޭއިން ބުނެފައިވެއެވެ .

މި ބަދަލު ގެނެސްފައިވަނީ، އޮތޯރިޓީން ބޭންކުތަކަށް ކޮންމެ ހަފްތާއަކު ވިއްކާ ބޭރު ފައިސާ މެދުވެރިކޮށް، މިހާރަށްވުރެ ހަރުދަނާ ގޮތެއްގައި، ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާ ބޭންކުތަކަށް ހަމަޖައްސައިދިނުމަށް މަގުފަހިކުރުމަށް ކަމުގައިވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް