މަރުވެފައި އޮއްވާ ރަބީއުވިލާއިން ފެނުނީ އައިމަން، ބަނޑޭރި ކޮށި ގެއަކުން ފެނުނީ ހައްމާދު

މިއަދު މަރުވެފައި އޮއްވާ މ. ރަބީއުވިލާގެ ފުރަތަމަ ފަންގިފިލާއިން ފެނުނީ ގެއްލިގެން ހޯދަމުންދިޔަ އަހްމަދު އައިމަން ކަމަށާއި އޭގެ ކުރިން ބަނޑޭރި ކޮށި ގެއެއްގައި މަރުވެފައި އޮއްވާ ފެނުނީ ގދ. ހޯޑެއްދޫ، ވި...

20 May 2024 | 17:08

މިއަދު މަރުވެފައި އޮއްވާ މ. ރަބީއުވިލާގެ ފުރަތަމަ ފަންގިފިލާއިން ފެނުނީ ގެއްލިގެން ހޯދަމުންދިޔަ އަހްމަދު އައިމަން ކަމަށާއި އޭގެ ކުރިން ބަނޑޭރި ކޮށި ގެއެއްގައި މަރުވެފައި އޮއްވާ ފެނުނީ ގދ. ހޯޑެއްދޫ، ވިލިނިގިލީގެ، އުމުރުން 30 އަހަރުގެ ހައްމާދު ސައީދު ކަމުގައި ފުލުހުން ބުނެފިއެވެ.

މިއަދު ހެނދުނު 10:50 ހާއިރު މއ. ބޯޅަކިންކިރިމާގޭ، އުމުރުން 30 އަހަރުގެ އަހްމަދު އައިމަން ގެއްލިގެން ހޯދާކަން ފުލުހުން އިއުލާނުކުރިއެވެ. އޭރު ފުލުހުން ބުނެފައިވަނީ މި މަހުގެ 16 ވަނަ ދުވަހުގެރޭ 09:30ގެ ފަހުން އޭނާ ފެނިފައިނުވާކަމަށެވެ.

އޭގެ ފަހުން މާފަންނު ރަބީއުވިލާގެ ގްރައުންޑް ފްލޯގައި މީހަކު މަރުވެފައިއޮއްވާ ފެނުނު ކަން ފުލުހުން ހާމަކުރިއެވެ. އަދި ކުރަންޖެހޭ ތަހުލީލުތައް ކުރުމަށްފަހު އެ ހަށިގަނޑަކީ އައިމަންގެ ހަށިގަނޑުކަން މިރޭ 08:40 ހާއިރު ފުލުހުން ހާމަކުރިއެވެ.

އަދި މީގެ ކުރިން ބަނޑޭރި ކޮށީގެ ފަޅު އެޕާޓްމެންޓެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ ހައްމާދު ސައީދުކަންވެސް މިރޭ ފުލުހުން ރަސްމީކޮށް ހާމަކުރިއެވެ.

ހައްމާދުގެ ހަށިގަނޑު ބަނޑޭރި ކޮށި ގެއެއްގެ އެޕާޓްމެންޓެއްގެ ތެރެއިން ފުލުހުންނަށް ފެނުނީ މިދިޔަ ހޯމަ ދުވަހުގެ އިރު އޮއްސެން ގާތްވެފައިވަނިކޮށެވެ. ހައްމާދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

https://www.facebook.com/dhuvasmv/posts/pfbid025PGnuPgkPzzNH7fCxKKKgYwteiKeBBgU5UdtNTAsgA3tNZqSG7GtCuCCkubiYg3Ql?__cft__[0]=AZWxMpBcgIrn6YMzVjULvrfa5pufkhHNFjMVewFHelLJFxNgZ18bN99sis3SlsoGwxpfpU9nwZ7Ah2_iXt9gsQ57MJWUh5fbSZQ6N87qRcQoILIlcTdhTF3KptSuFnXe-20hIO4Gbbv5MlAAso6QGsQEFSlkybAPHELBv6OJBwwyz4ZmU8K8D7BKERnqTSqwgSv5fCxoykLde57PwZydJ4k-&__tn__=%2CO%2CP-R

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް