އީރާނުގެ ރައީސް އަވަހާރަ ވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރި ކުރަނީ

އިރާނުގެ ރައީސް އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ނިންމަވައިފިއެވެ. ރައީސް އޮފީހުން މިއަދު ބުނީ، އިސްލާމިކް ރިޕަބްލިކްް އޮފް އީރާނުގެ ރައީސް...

20 May 2024 | 09:20

އިރާނުގެ ރައީސް އަވަހާރަވުމާއި ގުޅިގެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ، އިސްލާމިކް ރިޕަބްލިކްް އޮފް އީރާނުގެ ރައީސް ޑރ ސައްޔިދު އިބްރާހީމް ރައީސީ އަވަހާރަވުމުގެ ހިތާމާއިގައި މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިވެހި ގައުމީ ދިދަ ބައިދަނޑިޔަށް ތިރި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

ރައީސީ އަވަހާރަވުމާއި ގުޅިގެން އިރާނުގެ ޒިންމާތަްކާއި ވަގުތީ ގޮތުން ނައިބު ރައީސް މޮހްބެރް ވަނީ ހަވާލުވެވަޑައިގެންފައެވެ .ރައީސީގެ އެ ދަތުރުފުޅުގައި އީރާނުގެ ފޮރިން މިނިސްޓަރާއި އެގައުމުގެ އޮފިޝަލުންވެސް ބައިވެވަޑައިގެންފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް