މުދާ އުފުލާ ދޯންޏާ ގުޅިއްޖެ: އެމްއެންޑީއެފް

ފާއިތުވި ދެ ދުވަހު ގެއްލިގެން ހޯދަމުންދިޔަ މުދާ އުފުލާ ދޯންޏާއި ގުޅިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ. އެގޮތުން ކޯސްޓްގާޑުން މިއަދު ބުނެފައިވަނީ ކ. ތިލަފު...

20 May 2024 | 09:14

ފާއިތުވި ދެ ދުވަހު ގެއްލިގެން ހޯދަމުންދިޔަ މުދާ އުފުލާ ދޯންޏާއި ގުޅިފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

އެގޮތުން ކޯސްޓްގާޑުން މިއަދު ބުނެފައިވަނީ ކ. ތިލަފުށިން ފުރިފަހުން ޚަބަރެއް ނުވެގެން ހޯދަމުންދިޔަ "އޭއޭއޭ37" މުދާ އުފުލާ ދޯންޏާ ގުޅިފައިވާއިރު އެމްއެންޑީއެފް ކޯސްޓްގާޑް ޝަހީދު އަލީ އަދންނަނީ އެ ދޯނި އޮތް ސަރަހައްދަށް ދިއުމަށް ދަތުރުކުރަމުން ކަމަށެވެ.

އެމްއެންޑީއެފްއިން މިދިޔަ ހޮނިހިރު ދުވަހު ބުނެފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 06:00 ހާއިރު ތިލަފުށިން ފުރި އެ ދޯނީގެ ޚަބަރެއް ނުވެގެން ހޯދަމުންދިޔަ ކަމަށެވެ. އެ ދޯނީގައި ހަތަރު މީހަކު ތިބިކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް