ހާލުކޮޅު ދެރަވުމުގެ ސަބަބުން ސަޢޫދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދު، ދަ ރޯޔަލް ކްލިނިކްސް އޮފް އަލް ސާމް ޕެލަސްގައި އެނދުމަތިކުރައްވައިފިކަމަށް ސަޢޫދީ ޕްރެސް އޭޖެންސީން ބުނެފިއެވެ.
އެ އޭޖެންސީން ބުނެފައިވާގޮތުގައު ޖިއްދާގައި ހުންނަ ދަ ރޯޔަލް ކްލިނިކްސް އޮފް އަލް ސާމް ޕެލަސްގައި ސަޢޫދީ ރަސްގެފާނު އެނދުމަތި ކުރެއްވީ ހުން ގަދަވެ ހުޅުތަކުގައި ރިއްސާތީއެވެ.
މިއަދުގެ ވަގުތެއްގައި ޓެސްޓުތަކެއް ކުރިއަށްގެންދާނެ ކަމަށާއި ރަސްގެފާނުގެ ހާލުކޮޅު ގާތުން މޮނީޓަރ ކުރަމުން އަންނަކަމަށް ސަޢޫދީ ޕްރެސް އޭޖެންސީން ބުނެފައިވެއެވެ.
ސަޢޫދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އަލް ސައުދުގެ އުމުރުފުޅަކީ 88 އަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް