އީރާނުގެ ރައީސް ދަތުރުފުޅު ކުރެއްވި ހެލިކޮޕްޓަރު ގެއްލުން – ތުރުކީގެ ޑްރޯން އަކުން އިޝާރާތެއް !

ރާއްޖޭގެ ގަޑިން ރޭގެ އިރާކޮޅުގެ ވަގުތެއްގައި އީރާނުގެ ރައީސް އެބްރާހިމް ރައިސީ ދަތުރުފުޅު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު (Bell 212) ގެއްލުނު ހާދިސާ ވެގެންދިޔައީ މުޅި ދުނިޔެ ސިއްސުވާލި ހާދިސާއަކަށެ...

20 May 2024 | 01:43

ރާއްޖޭގެ ގަޑިން ރޭގެ އިރާކޮޅުގެ ވަގުތެއްގައި އީރާނުގެ ރައީސް އެބްރާހިމް ރައިސީ ދަތުރުފުޅު ކުރައްވަމުން ގެންދެވި ހެލިކޮޕްޓަރު (Bell 212) ގެއްލުނު ހާދިސާ ވެގެންދިޔައީ މުޅި ދުނިޔެ ސިއްސުވާލި ހާދިސާއަކަށެވެ.

އެ ޤައުމުގެ އަޒަރްބައިޖާނަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން އަޒަރްބައިޖާންގެ ފަރުބަދަ މަތީ ސަރަހައްދަކަށް އެ ހެލިކޮޕްޓަރު "Hard Landing" އެއް ކުރިކަމަށް ލިބުނު މަޢުލޫމާތާއެކު އެ ހެލިކޮޕްޓަރު ހޯދުމަށް އީރާނުން އެކަނިވެސް 40 ޓީމެއް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އިރާޤާއި ތުރުކީން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ބޯ ވިއްސާރައާއި ދުންފިނީގެ ބޯކަމުން ހެލިކޮޕްޓަރު ވެއްޓުނު ސަރަހައްދު މޮނީޓަރ ކުރުމުގައި ޑްރޯންތަކަށްވެސް ދަތިތަކެއް ހުރި އިރު އެންމެ ފަހުގެ އަދާހަމަޔަށް ބަލައިލާއިރު ތުރުކީގެ ޒަމާނީ ޑްރޯން އަކަށް އެ ސަރަހައްދުން "ހޫނުކަމެއް" ދެނެގަނެވިފައިވާކަމަށް މިވަނީ ބުނެފައެވެ. އަދި ހޫނުކަން ދެނެގަނެވުނު ސަރަހައްދަށް ރެސްކިއު ޓީމުތައް ދަތުރުކުރަމުން އަންނަކަމަށްވެސް މިވަނީ ބުނެފައެވެ.

ހެލިކޮޕްޓަރާ ކޮންމެވެސް ސިފައެއްގައި ކޮންޓެކްޓެއް ކުރެވޭކަމަށް ދެ ފަހަރަކު ދެ މަސްދަރަކުން ބުނިނަމަވެސް އޭގެ ހަޤީޤަތް ސާފެއް ނޫނެވެ.

ވެއްޓުނީކަމެއް ހުއްޓުނީ ކަމެއް އަދި ހާޑް ލޭންޑިންއެއްކަންވެސް ކަށަވަރުނުވާ މި ހާދިސާ ހިނގިއިރު އެ ހެލިކޮޕްޓަރުގައި އީރާނުގެ ރައީސް ރައިސީގެ އިތުރުން އެ ގައުމުގެ ހާރިޖީ ވަޒީރާއި އިރުމަތީ އަޒަރްބައިޖާންގެ ގަވަރުނަރާއި އިރާނުގެ އިސް މުސީރަކު އެ ހެލިކޮޕްޓަރުގައިވާކަމަށް މަސްދަރުތަކުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް