ރާއްޖޭގެ ދެކުނުގައި ހުރި ކޮޅިގަނޑު ތޫފާނަކަށް ބަދަލުއްޖެ

ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ ބޭރުގައި އުފެދުނު ކޮޅިގަނޑު މިރޭ ތޫފާނަކަށް ބަދަލުވެއްޖެއެވެ. މޫސުމީ ބައިނަލްއަގްވާމީ މޮޑެލްތަކުން ދައްކާގޮތުގައި މި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތުފާނަކަށް ބަދަލުވެފައި...

19 May 2024 | 19:55

ރާއްޖޭގެ ދެކުނުން އައްޑޫ ސިޓީ ބޭރުގައި އުފެދުނު ކޮޅިގަނޑު މިރޭ ތޫފާނަކަށް ބަދަލުވެއްޖެއެވެ.

މޫސުމީ ބައިނަލްއަގްވާމީ މޮޑެލްތަކުން ދައްކާގޮތުގައި މި ކޮޅިގަނޑު އިތުރަށް ބާރުގަދަވެ ތުފާނަކަށް ބަދަލުވެފައިވަނީ މިރޭ 11:30 ހާއިރުގައެވެ.

މި މަހުގެ 16 ވީ ބުރާސްފަތި ދުވަހުގެ ރޭ އައްޑޫ ސިޓީއާއި ގާތްގަނޑަކަށް 160 ކިލޯ މީޓަރު ބޭރުން އުފެދުނު ކޮޅިގަނޑު އެންމެ ފުރަތަމަ ރާއްޖެއާ ކައިރިއަށް ދަތުރުކުރިނަމަވެސް މިހާރު ތޫފާނުގެ މިސްރާބު ހުރީ ރާއްޖެއާއި ދުރަށް އިރަށެވެ.

ތޫފާން އުފެދިފައިވީނަމަވެސް ކުރިއަށް އޮތް 24 ގަޑިއިރާއި 48 ގަޑިއިރާއި ދެމެދު ތޫފާނުގެ ބާރު ދާނީ ދަށްވަމުން ކަމުގައިވެސް މޫސުމީ މޮޑެލްތަކުން ދައްކައެވެ.

މި ސަރަހައްދުގައި ތޫފާނެއް އުފެދިފައިވާއިރު މިދިޔަ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް މޫސުން ވަރަށް ގޯސްވާނެކަމުގައި މެޓުން ވަނީ ބުނެފައެވެ. އަދި މޫސުން ވަރަށް ގޯސްވާނެތީ ސަމާލުވުމަށް ދުރާލާ މެޓުން އިލްތިމާސްކުރަމުން ގެންގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް