ލަންކާ ސޯސަންވިލާއިން ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

ލަންކާ ސޯސަންވިލާއިން ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި އަވަށްޓެރި ސްރީ ލަންކާގައި ހުންނަ ދިވެހި ރިކްރިއޭޝަން ސެންޓަރު، ސޯޝަލް ވިލާގެ އަހަރީ ދުވަހުގެ މުނާސަބަތާއ...

20 May 2023 | 15:53

ލަންކާ ސޯސަންވިލާއިން ކުރިއަށްގެންދިޔަ ފުޓްސަލް މުބާރާތް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފި

އަވަށްޓެރި ސްރީ ލަންކާގައި ހުންނަ ދިވެހި ރިކްރިއޭޝަން ސެންޓަރު، ސޯޝަލް ވިލާގެ އަހަރީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ކުރިއަށްގެންދިޔަ ފުޓްފަލް މުބާރާތް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކޮށްފިއެވެ.

މިކަން ހާމަކޮށް ދުވަހަށް މައުލޫމާތުދެމުން އެ ސެންޓަރުން ބުނީ މި މުބާރާތް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރީ މިއަދު ކުޅެވުނު ސެމީ ފައިނަލްމެޗުގައި ހިނގާދިޔަ ކަންކަމާއިގުޅިގެން ކަމަށެވެ.

އެގޮތުން ސެމީ ފައިނަލް މެޗު ކުރިއަށްދަނިކޮށް މެޗުގެ ތެރެއިން ހިނގި ފައުލަކާއި ގުޅިގެން ސަޕޯޓަރުން ދަނޑަށް އަރާ މާރާމާރީ ހިންގާ ތަނުގެ ސުލްހަމަސަލަސްކަން ގެއްލެން ދިމާވުމުން މުބާރާތް ވަކި މުއްދަތެއް ނެތްގޮތަށް ފަސްކުރުމަށް މިހާރު ނިންމާފައިވާކަމަށެވެ.

އިތުރަށް ސޯސަންވިލާއިން ބުނީ މިއަދުގެ މެޗެގެތެރެއިން ހިނގާދިޔަ ކަންތައް ޑިސިޕްލިނަރީ ކޮމިޓީއަކުން އިތުރަށް ބެލުމަށްފަހު ވަކި އެއްޗެއް އަންގާނެ ކަމަށެވެ.

ލަންކާގައި ހުންނަ ސޯސަންވިލާއަކީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށްޓަކައި އަބަދުވެސް ރިކްރިއޭޝަނަލް ގިނަ ހަރަކާތްތަކެއް ގެނެސްދެމުން އަންނަ ތަނެކެވެ. އެގޮތުން މި އަހަރުގެ އަހަރީ ދުވަހާއި ދިމާކޮށް ފުޓްސަލް މުބާރާތަކާއި ހޭންޑްބޯލް މުބާރާތެއް ދަނީ ކުރިއަށްގެންދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް