ދަރަވަންދޫ މާރާމާރީ: އަދި މީހަކު ހައްޔަރު ނުކުރޭ

ބ. ދަރަވަންދޫގައި މިދިޔަ ބުދަ ދުވަހުގެރޭ ދަންވަރު ހިންގި މާރާމާރީ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ދުވަސް" އަށް...

20 May 2023 | 15:51

ބ. ދަރަވަންދޫގައި މިދިޔަ ބުދަ ދުވަހުގެރޭ ދަންވަރު ހިންގި މާރާމާރީ އާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ދުވަސް" އަށް މަޢުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ ދަރަވަންދޫގައި މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލަ މިމަހުގެ 18ވަަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި ފުލުހަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މާރާމާރީގައި އަނިޔާ ލިބުނު މީހާ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ހާމަކުރެއެވެ.

މީގެ އިތުރުން މި މާރާމާރީ އާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.

ހަމައެހެންމެ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ހާަމަކުރެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެރޭ ދަރަވަންދޫގައި ހަަމަލާދީ ޒަހަމް ކޮށްލާފައި ވަނީ އެރަށުގައި ކެފޭއެއް ހިންގަމުން އަންނަ މީހަކު ކެފޭ ބަންދު ކުރުމަށްފަހު ގެއަށްދިޔަ މަގުމަތީގައެވެ.

އަދި އޭނާ އަށް ހަމަލާދީފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔަކު އެރަށައް އަރައި ކަމަށް އެނގިފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް