އައްޑޫ ސިޓީ ހިތަދޫ އިތުރު ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިއީ މިއަދު އެ އަވަށުގައި ހިނގި އަލިފާނުގެ ދެވަނަ ހާދިސާއެވެ. ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާކޯޅިގޭގައި އެވެ.
އެމްއެންޑީއެފުން ބުނީ ދެވަނަ ހާދިސާ ހިނގީ މިއަދު މެންދުރު ފަހު2:24 ހާއިރު ކަމަށެވެ. މި ހާދިސާ ހިނގީ ޑައިމަންޑު ވިލާ ނަމަކަށް ކިޔާ ގެއެއްގައި އެވެ.
ހާދިސާ ހިނގީ އެގޭގައި ހުރި ގޭސްފުޅިއެއްގައި އަލިފާން ރޯވެގެންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަދި ތަނަކަށް ގެއްލުމެއް ނުލިބެ އެވެ.
ރޭ ހިނގި އަލިފާނުގެ ހާދިސާގައި ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބި އެ ގޭގައި ދިރިއުޅޭ އާއިލާ ވަނީ ހާލުގައި ޖެހިފައި އެވެ. ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރާއި އައްޑޫ ސިޓީ ކައުންސިލުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް