އާރްޓީއެލް ބަހެއްގައި ހުޅުމާލެއަށް ބަނގުރާ އުފުލަން އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މިކަން ހާމަކޮށް ފުލުހުން މިއަދު ދުވަސް ނޫހަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވީ އެމްޓީސީސީ ބަހެއްގެ ތެރޭގައި އިން ބިދޭސީއަކު ބަނގުރާ ފުޅިތަކެއް ހުޅުމާލެ އަށް ގެންދަން އުޅޭ ކަމުގެ މަޢުލޫމާތު އިއްޔެ ހަވީރުު15:40 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ބިދޭސީ ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ހާަމަކުރެއެވެ.
މީގެ އިތުރުން ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް