ފިކުރެއްގެ ދިރުމުން އުފައްދަން އުޅޭ ޕާޓީގެ ތަރުޖަމާނަކަށް އަފްޝަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީގެ ތަރުޖަމާނަކަށް ބޭފުޅަކު އައްޔަން ކޮށްފި އެވެ. އެ ޕާޓީ އުފައްދާކަން ފިކުރެއްގެ ދިރުމުން ހާމަ ކުރީ މިދިޔަ ހަފްތާގެ ...

20 May 2023 | 09:03

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދާ ޕާޓީގެ ތަރުޖަމާނަކަށް ބޭފުޅަކު އައްޔަން ކޮށްފި އެވެ.

އެ ޕާޓީ އުފައްދާކަން ފިކުރެއްގެ ދިރުމުން ހާމަ ކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ. އެ ޕާޓީ އުފައްދަން އަންނަ ހަފްތާގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ އެވެ.

ފިކުރެއްގެ ދިރުމުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ ޕާޓީއާއި ގުޅޭ ކަންކަމުގެ ތަރުޖަމާނަކީ އަފްޝަން ލަތީފު ކަމަށެވެ.

އަފްޝަން އަކީ އެލްޖީއޭގެ ކުރީގެ ސީއީއޯއެވެ. ރައީސް ނަޝީދަށް ތާއިދު ކުރައްވާތީ މިދިޔަ ހަފްތާގައި އޭނާ ވަނީ އަމިއްލައަށް އެ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ.

އަފްޝަން އަކީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުގެ އަނބިކަނބަލުންނެވެ. ރައީސް ނަޝީދަށް ތާއިދުކޮށް ސަރުކާރާއި ދެކޮޅުވާހަކަ ދައްކަވާތީ އޭނާ މަގާމުން ވަކި ކުރީ އެވެ.

މި ދެބޭފުޅުންވެސް މިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކެމްޕެއިން ކުރެއްވީ ރައީސް ނަޝީދަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް