އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އަލިފާން ރޯވެފައިވަނީ އެ އަވަށުގެ މާކޯޅި ގޭގައި އެވެ. މިހާދިސާ ހިނގީ ރޭ ދަންވަރުގެ ވަގުތެއްގައި އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ މި ހާދިސާގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އެގޭގައި ދިރިއުޅޭ އާއިލާއަށް އަވަސް އެހީ ބޭނުން ޖެހިފައިވާ ކަމަށް ބުންޏެވެ.
އެ އިދާރާއިން ދަނީ އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން އެ އާއިލާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މައުލޫމާތުދެ އެވެ.
އެންޑީއެމްއޭއިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގޭގެ ބަދިގެ އާއި ކޮޓަރިތަކުގައިވެސް ވަނީ އަލިފާން ރޯވެފައި އެވެ. އަދި ކަރަންޓު ބޯޑެއް އަނދާފައިވާ ފޮޓޯއެއްވެސް ހިމެނެ އެވެ.
ބެލެވޭ ގޮތުގައި މި ހާފދިސާ ހިނގީ ކަރަންޓު ޝޯޓެއް ވެގެންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާ ބެހޭ އިދާރާތަކުން ދަނީ ހޯދަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް