ފިކުރެއްގެ ދިރުމުން އުފައްދާ ސިޔާސީ ޕާޓީއަށް ކިޔާނެ ނަމެއް ހޯދަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީއަށް ކިޔާނެ ނަމެއް ހޯދަން އިއުލާނު ކޮށްފި އެވެ. އެ ފިކުރުން ސިޔާސީ ޕާޓީއެއް އުފައްދަން ނިން...

20 May 2023 | 07:14

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދަން މަސައްކަތް ކުރާ ސިޔާސީ ޕާޓީއަށް ކިޔާނެ ނަމެއް ހޯދަން އިއުލާނު ކޮށްފި އެވެ.

އެ ފިކުރުން ސިޔާސީ ޕާޓީއެއް އުފައްދަން ނިންމައި އެކަން ހާމަ ކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެމްޑީޕީ ތެރޭގައި މަސައްކަތް ކުރަމުންދިޔަ އެ ފެކްޝަންގެ މެމްބަރުން ޕާޓީން ވަކިވާން ފެށީވެސް އެ ދުވަހު އެވެ.

ފިކުރެއްގެ ދިރުމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާޓީއަށް ކިޔާނެ ނަމެއް ހުށަހެޅުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. ނަމާއި އެކު ނަމުގެ ތަފްސީލް، ކުލަ އަދި ލޯގޯ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެ އެވެ.

މުއްދަތު ހަމަވާނީ މާދަމާ ހެނދުނު 6:00 ގައި އެވެ. ފޯމު ހުށަހަޅަން ޖެހެނީ އޮންލައިންކޮށެވެ. އެ ފިކުރުން މަސައްކަތް ކުރަމުން ދަނީ އަންނަ ހަފްތާގައި ސިޔާސީ ޕާޓީ ރެޖިސްޓްރީ ކުރުމަށް ހުށަހެޅުމަށެވެ.

އެމްޑީޕީއަށް ނިސްބަތްވާ ނަޝީދަށް ތާއީދު ކުރައްވާ 13 ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަނީ ފިކުރެއްގެ ދިރުމާއި ގުޅިވަޑައިގެންފަ އެވެ.

އެ ފިކުރުން ވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަންވެސް އިއުލާނު ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް