ދިޝާ ޕަރްމާވެސް ބަނޑުބޮޑު!

އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ދިޝާ ޕަރްމާ ބަނޑުބޮޑުކަން އިއުލާނު ކޮށްފި އެވެ. ދިޝާ ކައިވެނިކޮށްގެން އުޅެނީ މަޝްހޫރު ލަވަކިޔުންތެރިޔާ ރާޙުލް ވައިދްޔާ އާއި އެވެ. ދެމީހުން ކައިވެނި ކުރީ ޑިސެމްބަރު2021 ގަ...

20 May 2023 | 05:38

އިންޑިއާގެ މަޝްހޫރު ޓީވީ ތަރި ދިޝާ ޕަރްމާ ބަނޑުބޮޑުކަން އިއުލާނު ކޮށްފި އެވެ.

ދިޝާ ކައިވެނިކޮށްގެން އުޅެނީ މަޝްހޫރު ލަވަކިޔުންތެރިޔާ ރާޙުލް ވައިދްޔާ އާއި އެވެ. ދެމީހުން ކައިވެނި ކުރީ ޑިސެމްބަރު2021 ގައި އެވެ.

ދެމަފިރިންނަށް ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަން އިއުލާނު ކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށެވެ. ދިޝާ އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ އޭނާ މަންމައަކަށް ވާން އަދި ރާހުލް ބައްޕަ އަކަށް ވާން އުޅޭ ކަމަށެވެ.

ޕޯސްޓުގައި ހިމަނާފައިވާ ފޮޓޯގައި ދިޝާގެ ބަނޑު ކޮންމެސް ވަރަކަށް އެނގެ އެވެ.

https://www.instagram.com/p/CsYxDvGI4Qa/

ދެމީހުން ކައިވެނި ކުރި ފަހުން ދޭތެރެ ދޭތެރެއިން ދިޝާ ބަނޑުބޮޑު ކަމަށް ބުނެ އަޑުއަރައެވެ. އެކަމަކު އެ ވާހަކަތައް ޖޯކަކާއި އެކު ދިޝާ އާއި ރާހުލް ދޮގު ކުރެ އެވެ.

ކައިވެނި ކުރިފަހުން ދިޝާ ކުޅެފައިވަނީ އެންމެ ޑްރާމާ އެވެ. އެއީ ސޮނީން ދެއްކި "ބަޑީ އައްޗޭ ލަގްތޭ ހެއިން" އެވެ. ކައިވެންޏަށް ފަހު އެ ޑްރާމާ ލިބުމުން ދިޝާ ބުނެފައިވާ ގޮތުގައި އެއީ ރާހުލް އާއި އެކު އޭނާއަށް ލިބުނު ނަސީބެއް ކަމަށެވެ.

ދިޝާގެ އިތުރުން މިމަހުގެ13 ވަނަ ދުވަހު ޓީވީ ތަރި ގައުހަރް ހާނަށްވެސް ވަނީ ފުރަތަމަ ދަރިފުޅު ލިބިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް