މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ރަސްމީ ދަތުރުފުޅެއްގައި މޮރޮކޯ އަށް ފުރާވަޑައިގެންފިއެވެ.
މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ބުނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ރަސްމީ ދަތުރުފުޅެއްގައި އިއްޔެ ހެނދުނު މޮރޮކޯއަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
މި ދަތުރުފުޅަކީ މިއީ 2019 ވަނަ އަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި މޮރޮކޯގެ މިނިސްޓްރީ އޮފް ރިލިޖަސް އެންޑޯމަންޓް އެންޑް އިސްލާމިކް އެފެއާޒް އާއި ދެމެދު "އިސްލާމްދީން ކުރިއަރުވާ ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ގޮތުން" ދެގައުމު ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދުގައި އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ މެންބަރުންގެ ފުރަތަމަ ބައްދަލުވުން ބޭއްވުމަށްޓަކައި ކުރައްވާ ދަތުރުފުޅެއް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އަދި ޖޮއިންޓް ކޮމިޝަންގެ ފުތަރަމަ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މޮރޮކޯގެ ރަބާތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރުގެ އަރިހުގައި ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޝާފިޢު ޢަލީ އާއި ޕާމަނަންޓް ސެކްރެޓަރީ އަޙްމަދު އަދީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް