ބައްޕައަކީ ބަލި މީހެއް، ސިޔާސީ ބޭނުމަކަށް އިންޓަވިއު ނެގީ އާއިލާއަށް ވަގަށް: ރިލްވާންގެ އާއިލާ

ގެއްލުވާލައި މަރާލާފައިވާ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ބައްޕަގެ އިންޓަވިއުއެއް ޗެނަލް 13 އިން މިރޭ ގެނެސްދޭތީ އާއިލާއިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެގޮތުން ރިލްވާންގެ ދައްތަ ފާތިމަތ...

20 May 2022 | 13:48

ގެއްލުވާލައި މަރާލާފައިވާ ކުރީގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ ބައްޕަގެ އިންޓަވިއުއެއް ޗެނަލް 13 އިން މިރޭ ގެނެސްދޭތީ އާއިލާއިން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެގޮތުން ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒް މިއަދު ބުނެފައިވަނީ އޭނާގެ ބައްޕައަކީ ބަލި މީހެއް ކަމަށާއި ކަންކަން ރަނގަޅަށް ހަނދާންވެސް ނުހުންނަ ކަމަށެވެ.

"އާއިލާގެ އެހެން ބަޔަކަށް އެންގުމެއްވެސް ނެތި ޗެނަލް 13 އިން ބައްޕަގެ އިންޓަވިއުއެއް ނަގާ، ބައްޕަގެ ބަލި ހާލަތާމެދު ކުޑަކޮށްވެސް ރިއާޔަތް ކުރުމެއްނެތި ވަކި ސިޔާސީ ވިސްނުމެއްގައި މިފަދަ ދަށު ދަރަޖައިގެ އަމަލެއް ހިންގާތީ އާއިލާއިން އިންތިހާއަށް ކަންބޮޑުވަން" ޝެހެނާޒް ބުނެފައިވެއެވެ.

https://twitter.com/shehenazf/status/1527616527641739264

އޭނާ އިތުރަށް ބުނެފައިވަނީ ރިލްވާންގެ މައްސަލައިގާ ސަރުކާރާއި ކޮމިޝަނުން މަސައްކަތްތަކެއް ކުރަމުންދާކަމާ އަދި އެ މަަސައްކަތް އާއިލާއިން ބަލައިގަންނަ ކަމަށެވެ.

ޗެނަލް 13 އިން ރިލްވާންގެ ބައްޕަގެ އިންޓަވިއުއެއް ގެނެސްދޭން ޝެޑިއުލްކޮށްފައިވަނީ މިރޭ 09:00 އަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް