އަވަށްޓެރި އިންޑިއާއިން ދިވެހިރާއްެޖެއަށް ގިނަ އަދަދެއްގެ އެންޓި – ޓިބަކިއުލޮސިސް (ޓީބީ) ބޭސް ހަދިޔާކޮށްފިއެވެ.
އިންޑިއާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންނަށް ހަދިޔާކުރާ އެންޓި-ޓިއުބަކިއުލޮސިސް (ޓީބީ) ބޭސް ،އިންޑިއަން ހައިކޮމިޝަންގެ ޗާޖް ޑެ އެފެއަރޒް ރޯހިތް ރަތިޝް ވަނީ ދިވެހިރާއްޖޭގެ ހެތްލް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހް އަބްދުﷲ މާހިރުއާާއި 19 މެއި 2022 ވަނަ ދުވަހު ހަވާލުކުރައްވާފައިއެވެ.
މި ހަދިޔާކުރެވުނު އެންޓި-ޓީބީ ބޭސް ވެގެންދާނީ ދިވެހިރާއްޖެއިން 2025 ވަނަ އަހަރަށް ޓީބީގެ ބަލި މި ޤައުމުން ނައްތާލުމަށް ކުރަމުންދާ މަސައްކަތައް އިތުރު އެހީއެއްގެގޮތުގައި ކަމަށާއި މި ހަދިޔާކުރެވުނު ބޭސްތަކުގެ ތެރޭގައި އެންޓި-ޓީބީގެ އެކި ބާވަތުގެ 27،000 ވުރެ ގިނަ ޓެބްލެޓް ހިމެނޭކަމަށް އިންޑިއާއިން ބުނެއެވެ. މީގެ ތެރޭގައި މަލްޓި-ޑްރަގް-ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމް.ޑީ.އާރް- ޓީބީ) ވެސް ހިމެނެއެވެ. މި އެންޓި-ޓީބީ ބޭސްތައް ހަދިޔާ ކުރެވިފައިވަނީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ސިޔާސަތުގެ ދަށުން ނެޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރާމް(އެން.ޓީ. އީ.ޕީ)ގެ ސްޓޮކްއިންނެވެ. ދިވެހިރާއްޖޭގެ ސަރުކާރުން ސިއްޙީ ދާއިރާގެ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިނުމުގައި ސާބިތުކަންމަތީ ދެމިތިބޭނެކަމުގައިވެސް އިންޑިއާއިން ބުނެފައިވެއެވެ.
އިތުރު މަޢުލޫމާތު:
ޓިއުބަކިއުލޮސިސް (ޓީބީ) އަކީ ސަލާމަތްތެރިވެ އެއިން ރަނގަޅުވެވޭދަފަ ބައްޔެއްކަމުގައި ވިޔަސް، އެއީ ދުނިޔޭގައި އެންމެ ގަދައަށް ފެތުރި އޭގެ ސަބަބުން އެންމެ ގިނަ މީހުން މަރުވަމުންދާ ބައްޔެވެ. ދެކުނު އޭޝިޔާގެ ބައްރަކީ ދުނިޔޭގެ އާބާދީގެ ހަތަރު ބައިކޮޅު އެއްބައި ކަމުގައިވެފައި، ދުނިޔޭގައި ނިސްބަތުން ޓީބީ ޖެހޭ މީހުންގެ އަދަދުގެ 43% މީހުންނަނީ މި ސަރަޙައްދުގެ މީހުންކަމުގައިވެފައި، އޭގެ ތެރެއިންވެސް ބޭސްފަރުވާއިން ރަނގަޅު ނުކުރެވޭ ތިން ބައި ކުޅަ އެއްބަޔަކީ މި ސަރަޙައްދުގެ މީހުންނެވެ.
ސިއްޙީ ދާއިރާގެ ގުޅުމާކީ އިންޑިއާ އަދި ދިވެހިރާއްޖޭގެ ގުޅުމުގެ ތެރޭގައި ހިމެނޭ ޒަމާންވީ ގުޅުމެކެވެ. އިންޑިއާގެ އެތައް ސަތޭކަ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްޙީ ޙިދްމަތްތެރިން ރާއްޖޭގައި ވަޒަންވެރިވެ، ރާއްޖޭގެ ސިއްޙީ ދާއިރާގައި ޙިދްމަތްކުރެއެވެ.
އިންޑިއާގެ ނެއިބަރހުޑް ފަސްޓް ސިޔާސަތުގެދަށުން އިންޑިއާ އަދި ދިވެހިރާއްޖެއާ ދެމެދު ސިއްޙީ ދާއިރާގެ ގުޅުން ބަދަހިކުރުމަށް އިސްކަމެއްދެއެވެ.
އެގޮތުން އިންޑިއާގެ އެކްސްޓަރނަލް އެފެއަރސް މިނިސްޓަރ ޖަޔަ ޝަންކަރު، މާރޗް 2022ގައި އައްޑޫއަށް ކުރެއްވި ދަތުރުފުޅުގައި ވިލުނު ޑްރަގް ޑިޓޮކްސް އެންޑް ރިހެބިލިޓޭޝަން ސެންޓަރުވަނީ ހުޅުވައިދެއްވައިފައެވެ. ދެ ޤައުމުންވަނީ ހިމަ ބިހި ބަލީގެ އައުޓް ބްރޭކްއަކުން ސަލާމަތްވުމަށް ޖެނުއަރީ 2020ވަނަ އަހަރު ގުޅިގެން މަސައްކަތްކޮފައިއެވެ.
ހަމައެއާއިއެކު ކޮވިޑް-19 ގެ ޕެންޑަމިކް ތެރޭގައިވެސް އިންޑިއާ އަދި ދިވެހިރާއްޖޭންވަނީ ރައްޔިތުންނަށް ޕެންޑެމިކްގެ ސަބަބުން ފޯރާނެ އަސަރުތައް މަދުކުރުމައްޓަކައި ގިނަގުނަ މަސައްކަތްތަކެއްކޮށްފައިއެވެ. އަދި އިންޑިއާ އަދި ދިވެހިރާއްޖެއިންވަނީ ކުރިއައްއޮތްތަނުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރިމައް އައު ދާއިރާއެއް ގޮތުގައި ކެންސަރުބަލި ފާހަގަކުރެވިފައިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް