ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ބަތަލާ އާލިއާ ބަޓް، އޭނާގެ ފުރަތަމަ ހޮލީވުް ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
އާލިއާގެ ފުރަތަމަ ހޮލީވުޑް ފިލްމަކީ ސްޕައި ތުރިއްލާއެއް ކަމަށްވާ، "ހާޓް އޮފް ސްޓޯން" އެވެ. އެ ފިލްމުގައި އޭނާ އާއި އެކު ފެނިގެންދާ ތަރިންގެ ތެރޭގައި "ވޮންޑާ ވުމަން" ގެ ތަރި ގަލް ގެޑޮޓްއާ ހިމެނެ އެވެ.
ޝޫޓިންއަށް ދިއުމުގެ ކުރިން އާލިއާ އިއްޔެ އިންސްޓަގްރާމުގައި ވަނީ ރީތި ފޮޓޯއަކާއި އެކު ހާއްސަ ޕޯސްޓެއް ކޮށްފަ އެވެ.
އޭގައި އާލިލާ ބުނީ އޭނާގެ ފުރަތަމަ ހޮލީވުޑްގެ ފިލްމުގެ ޝޫޓިންތައް ފަށަނީ ކަމަށާއި، އިހުސާސް ކުރެވެނީ ފިލްމީ ދާއިރާ އަށް މުޅިން އަލަށް ނުކުންނަ އުޅޭ ކަަމުގެ އިހުސާސެއް ކަމަށެވެ. އަދި ވަރަށް ބިރުގަންނަ ކަމަށް ވެސް ބުންޏެވެ.
އެ ޕޯސްޓުގައި އާލިއާ ވަނީ އޭނާ އަށް ހިތްވަރު ދިނުމަށް ވެސް ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.
https://www.instagram.com/p/Cdug-JnM0qP/
އާލިއާ ހޮލީވުޑްގެ މަސައްކަތްތައް ފެށިއިރު އޭނާ ދަނީ ބޮލީވުޑްގެ ދެ މަސައްކަތެއް ކުރަމުންނެވެ. އެއީ ފިރިމީހާ ރަންބީރު ކަޕޫރާއި އެކު ފެނިގެންދާ "ބްރަހްމަސްތުރާ" އާއި ރަންވީރު ސިންގާއި އެކު ފެނިގެންދާނެ "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އެވެ.
މީގެ ތެރެއިން "ބްރަހްމަސްތުރާ" ގެ ޝޫޓިން ވަނީ ނިންމާލާފަ އެވެ. އަދި "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"ގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ނޭނގުނަސް އެ ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް