އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ބާއްވައި، ހިއްސާއަކަށް 3.50 ރުފިޔާަ ބަހަން ފާސްކޮށްފި

އެމްޓީސީގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ. މި ޖަލްސާ ބާއްވާފައިވަނީ ރޭ ކުރުނބާ މޯލްޑިވްސްގައި އެވެ. މި ޖަލްސާގައި ވަނީ ޑިރެކްޓަރުންގެ ބޯޑު ހޮވައި ހިއްސާއަށް ބަހާނެ މިންވަރު ފާސްކޮށްފަ އެވެ. އެ ކ...

20 May 2022 | 04:54

އެމްޓީސީގެ އަހަރީ އާންމު ޖަލްސާ ބާއްވައިފި އެވެ.

މި ޖަލްސާ ބާއްވާފައިވަނީ ރޭ ކުރުނބާ މޯލްޑިވްސްގައި އެވެ. މި ޖަލްސާގައި ވަނީ ޑިރެކްޓަރުންގެ ބޯޑު ހޮވައި ހިއްސާއަށް ބަހާނެ މިންވަރު ފާސްކޮށްފަ އެވެ.

އެ ކުންފުނިން ބުނީ ހިއްސާއަކަށް ބަހަން ފާސްކޮށްފައިވަނީ3.50 ރުފިޔާ ކަމަށެވެ. މިގޮތަށް ފާސްކުރީ ޖަލްސާއަށް ހާޒިރުވި556 ހިއްސާ ދާރުންގެ ތާއީދާއި އެކު އެވެ.

އެމްޑީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް ހޮވިފައިވަނީ

ސަރުކާރު ފަރާތުން:

މުހައްމަދު ފަހީމް - ޗެއާމަން

އާދަމް އާޒިމް - ސީއީއޯ

ޝާހިދު ހުސެއިން މޫސާ - ސީއޯއޯ

ސިނާން އަލީ - ނޮން އެގްޒެކްޓިވް ޑިރެކްޓަރު

މުހައްމަދު ފަރީދު - ނޮން އެގްޒެކްޓިވް ޑިރެކްޓަރު

އާންމު ހިއްސާދާރުންގެ ފަރާޓުން ހޮވިފައިވަނީ:

ނަސްރަތު މުހައްމަދު

މުހައްމަދު އިމްރާން އަދުނާން

މި ބޭފުޅުންގެ ދައުރަކީ ދެ އަހަރެވެ.

ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމްއެންއެސްއެލް ހިއްސާވާ އެމްޓީސީސީއަކީ ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށް މުއާމަލާތް ކުރާ އެންމެ ދުވަސްވީ އެއް ކުންފުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް