ކޯވިޑް-19 އަށް ރެކޯޑު އަދަދަކަށް މީހުން ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ 2،194 މީހުންނެވެ.
އޭގެ ތެރެއިން 1،698 މީހުންނަކީ މާލެ ސަރަހައްދުން ޕޮސިޓިވްވި މީހުންނެވެ. އަތޮޅު ތެރެއިން ޕޮސިޓިވްވެފައިވަނީ 467 މީހުންނެވެ. އަދި ރިސޯޓުތަކުން 29 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވިކަމަށް ބުނެފައިވާ 2،194 މީހުންގެ ތެރެއިން އިއްޔެ ހަވީރު 6:00 ން މިއަދު ހަވީރު 6:00 އަށް ޕޮސިޓިވްވެފައިވަނީ 691 މީހުން ކަމަށެވެ. ދެން ހިމަނާފައިވާ އަދަދު ތަކަކީ މީގެ ކުރީގެ ތާރީހުގައި ޓެސްޓު ކޮށްފައިވާ ސާމްޕަލް ތަކެއް ކަމަށެވެ.
މިއަދު ކޯވިޑަށް ޓެސްޓު ކޮށްފައިވަނީ 7،259 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 20،276 މީހުންނަށެވެ. އޭގެ ތެރެއިން 280 މީހުުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވެފައިވަނީ 30،403 މީހުންނެވެ.
މިއަދު ކޯވިޑް ޖެހިގެން މަރުވެފައިވަނީ ދެ މީހުންނެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު މިއަދު ވަނީ 50،802 އަށް އަރާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް