ކޮވިޑްގައި އިތުރު މަރެއް، ޖުމްލަ 114 އަށް

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ 114 އަށް އަރައިފިއެވެ. އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، ނިޔާވެފައި ވަނީ އުމުރުން62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އ...

20 May 2021 | 16:08

ކޮވިޑްގައި އިތުރު މީހަކު ނިޔާވެ، ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ ޖުމްލަ 114 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، ނިޔާވެފައި ވަނީ އުމުރުން62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭޑީކޭގެ އީއާރް އަށް ގެނެވުނު މި މީހާ ނިޔާވެފައި ވަނީ 06:52 ހާއިރުކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ކޮވިޑްގައި މިމަހު ނިޔާވި41 ވަަނަ މީހާއެވެ.

މީގެ ކުރިން މިއަދު ނިޔާވެފައި ވަނީ އުމުރުން 36 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ މެންދަމުު 2:00 ގައި އެވެ.

އެޗްޕީއޭއިން ބުނީ މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ލ. ގަން ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެވެ.

މިއީ މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 113 ވަނަ މީހާ އެވެ. އަދި މިމަހު ކޯވިޑް ޖެހިގެން މަރުވި 40 ވަނަ މީހާ އެވެ.

އިއްޔެ އަކީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން އެއް ދުވަހާއި ކޯވިޑް ޖެހިގެން މަރުވި ދުވަހެވެ. އިއްޔެ ހަތް މީހަކު ކޯވިޑް ޖެހިގެން މަރުވެފައިވެ އެވެ.

ރާއްޖެއިން މިހަތަނަށް ކޯވިޑް-19 އަށް 48،608 މީހުން ޕޮސިޓިވްވެފައިވެ އެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 29،644 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް