ލޮލުގެ ފެނުން ގެއްލޭ ބަލި ޖެހިފައިވޭތޯ ޔަގީން ކުރަން ސާމްޕަލް ބޭރަށް ފޮނުވައިފި

ރާއްޖެއިން ފެނިފައިވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޯވިޑް-19 ޖެހުމަށް ފަހު ރަނގަޅުވާ މީހުންނަށް ޖެހޭ ލޮލުގެ ފެނުން ގެއްލޭ ބަލިތޯ ޔަގީން ކުރަން ސާމްޕަކް ބޭރަށް ފޮނުވައިފި އެވެ. މި ބައްޔަކީ ދުނިޔެއި...

20 May 2021 | 15:00

ރާއްޖެއިން ފެނިފައިވަނީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޯވިޑް-19 ޖެހުމަށް ފަހު ރަނގަޅުވާ މީހުންނަށް ޖެހޭ ލޮލުގެ ފެނުން ގެއްލޭ ބަލިތޯ ޔަގީން ކުރަން ސާމްޕަކް ބޭރަށް ފޮނުވައިފި އެވެ.

މި ބައްޔަކީ ދުނިޔެއިން މަދުން ނޫނީ ނުފެންނަ ފަންގަލް އިންފެކްޝަނެއް ކަމަށްވާ މިއުކޯމައިކޯސިސް އެވެ. މި ބަލި ޖެހޭ މީހުންގެ ލޯ އަނދިރިވުމުގެ އިތުރުން އެހެން ސިއްހީ މައްސަލަތައް ދިމާވެ އެވެ.

މިއަދު އަޖީއެމްއެޗުން "ދުވަސް" އަށް މައުލޫމާތު ދެއްވި ޑޮކްޓަރަކު ވިދާޅުވީ އެ ބަލި ޖެހިފައިވާ ކަމަށް ބެލެވިފައިވަނީ އެ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކި އުމުރުން ދުވަސްވީ ދިވެއްސެއްގެ ގައިންނެވެ. އެމީހާއަކީ ކުރިން ކޯވިޑް ޖެހިގެން ރަނގަޅުވެފައިވާ މީހެއް ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެމީހާގެ ސާމްޕަލް ނަގައި މިހާރު ވަނީ ސީދާ އެބަލިތޯ ކަށަވަރު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފަ އެވެ. އެކަމަކު އަދި ޓެސްޓުގެ ނަތީޖާ ނުލިބޭއިރު ސާމްޕަލް ފޮނުވީ ކޮން ގައުމަކަށް ކަމެއް އަދި ނޭނގެ އެވެ.

މިވާހަކަ ރަސްމީ އިދާރާއަކުން އަދި ކަށަވަރެއް ނުކޮށްދެ އެވެ. އަދި ދުވަހަށް ފަހުން މައުލޫމާތު ދިން އައިޖީއެމްއެޗުގެ އެހެން ޑޮކްޓަރަކު ވިދާޅުވީ އެމީހަށް ޖެހިފައިވަނީ ކޯވިޑުން ރަނގަޅުވާ މީހުންނަށް ޖެހޭ ލޮލުގެ ފެނުން ގެއްލޭ ބަލިކަން އަދި ކަށަވަރުވެފައި ނުވާ ކަމަށެވެ.

މިއުކޯމައިކޯސިސް ބަލި ބައެއް ގައުމުތަކުން ފެނިފައިވާއިރު ދުނިޔޭގައި އެންމެ ހަލުވި ކަމާއި އެކު މި ބަލި ފެތުރެމުން ދަނީ އަވައްޓެރި އިންޑިއާގައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އިންޑިއާގައި މި ބަލި ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ ތެރެއިން ބައެއް މިހުންގެ ލޮލުގެ ފެނުން ހުންނަނީ އެއްކޮށް ގޮސްފަ އެވެ. ނުވަތަ ބައެއް މީހުންގެ އެއް ލޯ ނަގަން ޖެހުން ފަދަ ކަންކަން ކުރަން މަޖުބޫރުވެ އެވެ.

މިއުކޯމައިކޯސިސް ނުވަތަ ލޮލުގެ ފެނުން ގެއްލޭ ބައްޔަކީ ދުނިޔެއަށް އާ ބައްޔެއް ނޫނެވެ. އެކަމަކު މިއީ ވަރަށް ނުރައްކާތެރި ބައްޔެކެވެ.

ކޯވިޑް-19 ޖެހޭ މީހުންގެ މެދުގައި މި ބަލި އިތުރުވެފައިވަނީ އޭގެ ތެރެއިން ބައެއް މީހުންނަކީ ދިގު މުއްދަތަކަށް ގިނަ އަދަދަކަށް ބޭސް ބޭނުން ކުރާ މީހުންނާއި ބޭސް ކޮށްފައިވާ މީހުންނަށް ވާތީ އެވެ. އަދި ހަކުރު ކޮންޓްރޯލް ނުކުރެވި ހަކުރު ލެވެލް މަތީގައި ހުރި މީހުންނަށް ވާތީ ނުވަތަ އެނޫން ވެސް ދިފާއީ ނިޒާމު ބަލި ކުރިންސުރެ ބަލިކަށިވެފައިވާ މީހުންނަށް ވާތީ ފަސޭހައިން މި ބައްޔަށް އެމީހުންގެ ހަށިގަނޑުގައި އިންފެކްޝަން ޖެއްސޭ ގޮތް މެދުވެރިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް