އެންމެ ގިނައިން ދޮގު ހަދަނީ ސިޔާސީން. އޭގައި ގިނައީ ފިރިހެނުން: ޝެއިޚް ޝަފީޢު

އެންމެ ގިނައިން ދޮގު ހަދަނީ ސިޔާސީ މީހުންކަމަށާއި އޭގައި ގިނައީ ފިރިހެނުން ކަމަށް އައްޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ޝަފީޢު މިހެން ވިދާޅުވެފައި މިވަނީ، އަންހެނަކު ކޮންމެފަދަ ދޮގެއްވެސް ހަދާފާ...

20 May 2021 | 12:05

އެންމެ ގިނައިން ދޮގު ހަދަނީ ސިޔާސީ މީހުންކަމަށާއި އޭގައި ގިނައީ ފިރިހެނުން ކަމަށް އައްޝައިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝަފީޢު މިހެން ވިދާޅުވެފައި މިވަނީ، އަންހެނަކު ކޮންމެފަދަ ދޮގެއްވެސް ހަދާފާނެ ކަމުގައި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބުނެ، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އީސަގެ ދިފާއުގައި ނިކުންނަވާފައިވަނިކޮށެވެ.

ޝެއިހް ޝަފީޢު ވިދާޅުވީ، ފިރިހެނަކު ވެސް ކޮންމެ ފަދަ ދޮގެއް ހަދާފާނެ ކަމަށެވެ. ދޮގު ވަޢުދާއި އޮޅުވާލުމާއި މަކަރާއި ހީލަތާއި ވައްކަމާއި ކޮރަޕްޝަނާއި ފިތުނަ ފަސާދަ އެންމެ ބޮޑަށް އުފައްދާ ބަޔަކީ ސިޔާސީން ކަމަށެވެ.

https://twitter.com/SheikhShafeeu/status/1395329626134679558

ގާސިމް، މަޖިލިސް މެންބަރުން ހިިމެނޭ ގްރޫޕެއްގައި ލިޔުއްވާފައިވަނީ އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާ އެއިނީ އީސަ އުރައިގެން ކަމަށާއި މީ އީސަގެ ފޯނުގެ ޕްރޮފައިލް ޕިކްޗާގައި އިނީ އެ ފޮޓޯ ކަމަށެވެ.

“މިފަދަ ލޯބިވާ ކުއްޖަކާމެދު އެފަދަ އަމަލެއް ހިންގާފާނެ ކަމަށް ގަބޫލުކުރަން ދަތި، އަންހެނަކު ހަދާފާނެ ކޮންމެ ފަދަ ދޮގެއްވެސް (އަދި ފިރިހެނުންވެސް) ވީމާ ތަހުގީގު ކުރަންވާނީ ވަރަށް އިންސާފުވެރިކަމާއެކު ކަމަށް ދެކެން.” ގާސިމް ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ ގެވެށި އަނިޔާގެ ގާނޫނަކީ ހައްދެއް ނެތްމިންވަރަށް އަންހެން ބޭފުޅުން ހިމާޔަތް ކުރާ ގޮތަށް ހަދާފައިވާ ގާނޫނެއްކަމުގައި އޭނާ ދެކެވަޑައިގަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް