ކޮމިޓީ މުގައްރިރުކަމުން އީސަ ވަކި ކުރަން ބޭއްވި ބައްދަލުވުމުގައި ކޯރަމް ހަމައެއް ނުވި

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރުމަށް ބޭއްވި ބައްދަލުމުގައި، ކޮމިޓީ ގެ ކޯރަމް ހަމަނުވުމުން، ބައްދަލުވުން ނިންމާލައިފިއެވެ. އިޖުތިމާއީ ކޮމިޓީގެ ...

20 May 2021 | 10:07

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން ވަކިކުރުމަށް ބޭއްވި ބައްދަލުމުގައި، ކޮމިޓީ ގެ ކޯރަމް ހަމަނުވުމުން، ބައްދަލުވުން ނިންމާލައިފިއެވެ.

އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން އީސަވަކިކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ކޮމިޓީގެ ނައިބު  ހުސަައިން ފިރުޝާން އާއި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް އަދި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ.

"ވަރަށް ބޮޑަށް މަސައްކަތް ކުރެވިއްޖެ ކޮމިޓީގައި ދެން ބާކީތިބި ތިން މެމްބަރުންނާ ގުޅައިގެން ކޮމިޓީގައި ބައިވެރިވެވޭތޯ. އެހެންނަމަވެސް ވާގޮތެއް ނުވީމަ ވޯޓު ނެގުން ފަސްކޮށްލާފަ މިވަގުތު ކޮމިޓީ ނިންމާލާނަން." ފިރުޝާން ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމަށް ކޮމިޓީގައި ބައިވެރިވެފައިވަނީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ، މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިިން ފިރުޝާން، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، ހިންނަވަރު ދާާއިރާގެ މެމްބަރު ޖީހާން މުހުމޫދް އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އީސަ އަނިޔާ ކުރައްވާފައިވަނީ އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމަށެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.

އީސަގެ ފަރާތުން އަސްރާއަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވި އިރު އެކަމަނާ ހޮސްޕިޓަލަށް ވަޑައިގެންނެވީ ފުލުހުންގެ އެހީއާއި އެކު ކަމަށްވެ އެވެ. މި މައްސަލައިގަ އަސްރާ ވަނީ ފުލުހުންނަށް ބަޔާންވެސް ދެއްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް