އަންހެނަކު ކޮންމެފަދަ ދޮގެއްވެސް ހަދާފާނެ ކަމުގައި ބުނެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އީސަގެ ދިފާއުގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ނިކުންނަވައިފިއެވެ.
ގާސިމް، މަޖިލިސް މެންބަރުން ހިިމެނޭ ގްރޫޕެއްގައި ލިޔުއްވާފައިވަނީ އަނިޔާ ލިބުނުކަމަށް ބުނާ ކުއްޖާ އެއިނީ އީސަ އުރައިގެން ކަމަށާއި މީ އީސަގެ ފޯނުގެ ޕްރޮފައިލް ޕިކްޗާގައި އިނީ އެ ފޮޓޯ ކަމަށެވެ.
"މިފަދަ ލޯބިވާ ކުއްޖަކާމެދު އެފަދަ އަމަލެއް ހިންގާފާނެ ކަމަށް ގަބޫލުކުރަން ދަތި، އަންހެނަކު ހަދާފާނެ ކޮންމެ ފަދަ ދޮގެއްވެސް (އަދި ފިރިހެނުންވެސް) ވީމާ ތަހުގީގު ކުރަންވާނީ ވަރަށް އިންސާފުވެރިކަމާއެކު ކަމަށް ދެކެން." ގާސިމް ވިދާޅުވެފައިވެއެވެ.
ގާސިމް ވިދާޅުވެފައިވަނީ ތަހުގީގެއް ކުރުމަށްޓަކާ މީހަކު ހައްޔަރުކުރެވޭނީ ހަތަރު ސަބަބެއް ފުލުހުން ސާބިތުކޮށްދެވިގެން ކަމަށެވެ. ނޫންނަމަ ގާނޫނު އަސާސީއާ ހިލާފުވާނެ ކަމަށެވެ. މީހަކު ބުނާހާ ބަހަކަށް އެއްވެސް މީހަކު ހައްޔަރުކޮށްގެން ނުވާނެ ކަމަށެވެ. އެއީ އިންސާފުން ބޭރުން އެަރާތަށް ދެވޭ ބޮޑު އަނިޔާއެއް ކަމުގައިވެސް ވިދާޅުވެފައިވެއެވެ.
https://twitter.com/dhuvasmv/status/1395292930282344455
"ވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ތަހުގީގ ކުރެވެންވާނީ ހަމަ އެކަކުވެސް ބަންދު ނުކޮށްބަހައްޓައިގެން އަދުލުވެރި ކަމާއެކު އިންސާފުން" ގާސިމް ވިދާޅުވެފައިވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ ގެވެށި އަނިޔާގެ ގާނޫނަކީ ހައްދެއް ނެތްމިންވަރަށް އަންހެން ބޭފުޅުން ހިމާޔަތް ކުރާ ގޮތަށް ހަދާފައިވާ ގާނޫނެއްކަމުގައި އޭނާ ދެކެވަޑައިގަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް