"ވެންޓިލެޓަރަށް ލައިފިއޭ" ބުނުމުން އެއީ ވަރަށް ފަސޭހައިން ކުރެވޭ ކަމެކޭ ހީވެދާނެއެވެ. އެކަމަކު ހަގީގަަތަކީ މިއީ ތިޔަ ހީކުރާ ވަރުގެ ފަސޭހަ ކަމެއް ނޫނެވެ. ވެންޓިލޭޓަރަށްލުން، އަދި ވެންޓިލޭޓަރުގައި އޮންނަ ބަލިމީހާ ބެލެހެއްޓުމަކީ ކިހާ ބުރަބޮޑު އަދި ކަވި މަސައްކަތެއްކަން އެނގޭނީ ހަމަ އެކަމުގައި އުޅޭ މީހުނަށެވެ. މި ހިއްސާކޮށްލަނީ މި މަސައްކަތުގައި ދުވަސް ހޭދަކުރާ ނަރުހެއްގެ ދުލުހުން އިވިފައިވާ ވާހަކަތަކެވެ.
ވެންޓިލެޓަރަށް މީހަކު ލުމަކީ ކުރުކޮށް ބުނާ ނަމަ، ބަލި މީހާ ނިންދަވާލުމަށް ފަހު ކަރު ތެރޭން ވައްދައި ނޭވާ ހޮޅިއަށް ވެންޓިލޭޟަން މެޝިނާ ގުޅިފައިވާ ހޮޅިއެއް ލެއްވުމެވެ. އެއަށް ފަހު ބަލި މީހާ ނޭވާ ލަމުން ދާނީ މި ބުނާ ވެންޓިލޭޓަރުގެ އެހީގައެވެ. މި ހާލަތުގައި ބަލިމީހާއަށް އަނގައިން ކާން ނުދެވޭނެއެެވެ. އެހެން ކަމުން ކާން ދިނުމަށް ނޭފަތަށް ހޮޅިއެއް ލައްވާނެއެވެ. ހޮޅި ލައްވައިގެން ނޭފަތުން ކާންދެނީ 3 ގަޑިން 3 ގަޑިންނެވެ. ދުވާލަކު 8 ފަހަރެވެ. މި ހުރިހާ ކަމެއް ކުރާނީ ބަލިމީހާއާ ހަވާލުވެ ހުންނަ ނަރުހެވެ.
މި ހާލަތުގައި ބަލިމީހާ ކުޑަކަމުދާނީ ވެސް ގުޅާފައިވާ ހޮޅިއަކުންނެވެ. ކޮންމެ ގަޑިއިރަކުން ނުވަތަ 2 ގަޑިއިރުން، ކުޑަކަމުދާ މިންވަރު ނުވަތަ ގޮތް ނަރުސް ބަލާނެއެވެ. އަދި ބަލިމީހާ ފެންވަރުވައި، ފުނާ އަޅުވައި، ދަތް އުނގުޅުވައި، ކޮންމެ 4 ގަޑިއިރަކުން އަނގަ ސާފުކޮށްދީ ހަދަނީ ވެސް ހަމަ ނަރުހުންނެވެ. މީގެ އިތުރުން، ބަލި މީހާ އޮންނާނީ ނިދާފައި ކަމަށް ވާތީ ކޮންމެ 6 ގަޑިއަކުން ލޮލަށް ބޭސް އަޅާނެއެވެ. ސަބަބަކީ ލޯ ހިކޭ ގޮތް ވާތީއެވެ.
ބަލި މީހާގެ ހިތުގެ ވިންދާއި ލޭގެ ޕްރެޝަަރު އަދި އޮކްސިޖަން ހިފަހައްޓާ މިންވަރުގެ ތަފްސީލް ކޮންމެ ގަޑިއިރަަކުން ލިޔަމުންދާނެއެވެ. މިއިން އެއްވެސް ކަމަކަށް ބަދަލެއް އަންނަ ނަމަ، ވަގުތުން ހަރަކާތްތެރި ވާނެއެވެ. އެ ގޮތުން ބޭސް ދިނުން ނުވަތަ ޑޮކްޓަރެއްގެ ސަމާލުކަމަށް ގެނައުން ފަދަ ކަމެއް ލަސްނުކޮށް ކުރާނެއެވެ.
މި ވަރަކުން އަދި ނުނިމެއެވެ. ދަވަ ހެދޭތީ ކޮންމެ 3 ގަޑިއިރަކުން ދަވަ ދޮންނަން ޖެހެއެވެ. ބަލި މީހާއަށް ހަރަކާތް ނުކުރެވި ފާރުލުން ފަދަ ކަމެއް ކަމެދުވެރި ވެދާނެ ކަމަށް ކޮންމެ ދެ ގަޑިއިރަކުން ބަލި މީހާ އޮންނަ ފަރާތް ބަދަލުކުރާނެއެވެ. އުއްޑުން އޮވެ އޮކްސިޖަން ނުހިފާއްޓާ ނަމަ ބަންޑުން ބާއްވާނެއެވެ. މިއީ އެންމެ ބަލި މީހަކަށް ނަރުހުން ކޮށްދޭން ޖެހޭ ކަންކަމެވެ. ނަރުހުން ވަރުބަލިވެއްޖެއޭ ބުނަނީ މިހެންވެއެވެ. އެއީ ވެސް ހަމަ އިންސާނުންނަށް ވާތީއެވެ. ހަމަޖެހިލައިގެން ހުރެ 8 ގަޑިއިރު ތެރޭ މި ހުރިހާ ކަންކަމެއް ނުކުރެވޭނެއެވެ. ހަރަކާތްތައް އަވަސްވާން ޖެހޭނެއެވެ.
އެހެންކަމުން، އަބަދުވެސް ހިނުތުންވުމާއެކު ތަކުލީފެއް ޝަކުވާއެއް ނެތި، ކޮންމެ ކުލައެއްގެ މީހަކަށް ވިޔަސް އަދި ކޮންމެ އުމުރެއްގެ ކޮންމެ ނަޞަބެއްގެ މީހަކަށް ވިޔަސް ނަރުހުން އަދާކުރަމުންދާ ޤައުމީ ވާޖިބަ ތްތެރިވާ މާލިމީންނަށް އެހީވުމުގައެވެ. އަމިއްލަ ނަފުސައް ބެލުމެއް ނެތި ޤައުމީ ޚިދުމަތުގައެވެ.
ޤައުމީ އަބުޠާލުންގެ ގޮތުގައި މިދިވެހި މުޖުތަމަޢަށް ތިޔަ ނަރުހުން ވަމުންދާ ޤުރުބާނީ ޝުކުރުވެރިކަމާއިއެކު ފާހަގަ ކުރަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް