ތަޖުރިބާ ކުރަން ޖެހުނީ ކުރިމަތިވާނެ ކަމަށް ދުވަކުވެސް ހީނުކުރާ ކަންތައްތަކެއް: އަސޫ

ކުރީގެ ފިރިކަލުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން ތަޖުރިބާ ކުރަން ޖެހުނީ ކުރިމަތިވެދާނެ ކަމަށް ދުވަހުވެސް ހީކޮށްފައި ނުވާ ކަންތައްތަކެއް ކަމަށް އަނބިކަނބަލުން އަސްރާ ނަސީމް (އަސ...

20 May 2021 | 08:15

ކުރީގެ ފިރިކަލުން ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ ފަރާތުން ތަޖުރިބާ ކުރަން ޖެހުނީ ކުރިމަތިވެދާނެ ކަމަށް ދުވަހުވެސް ހީކޮށްފައި ނުވާ ކަންތައްތަކެއް ކަމަށް އަނބިކަނބަލުން އަސްރާ ނަސީމް (އަސޫ) ވިދާޅުވެއްޖެ އެވެ.

އަސްރާއަށް ގެވެށި އަނިޔާ ކުރި މައްސަލައިގަ އީސަ ހައްޔަރު ކުރުމަށް ޕީޖީ އޮފީހުން ވަނީ ކްރިމިނަލް ކޯޓުގައި އެދިފައި އެވެ.

ހާދިސާގައި ފަހުން އަސޫ މިއަދު ވަނީ ފުރަތަމަ ފަހަރަށް އެކަމަނާގެ އިހުސާސްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ހާމަ ކުރައްވާފަ އެވެ. އަސޫ ވިދާޅުވެފައިވަނީ މި ވަރުގެ ކަންތައްތަކެއް ދިމާވެދާނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށާއި ފާއިތުވި 24 ގަޑިއިރަކީ ދެމައިންނަށް އުނދަގޫ އިހުސާސްތަކެއް ކުރަންޖެހުނު ވަގުތުތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ ހާދިސާއަށް ފަހު މާތްﷲ ގެ ވާގިފުޅާ އެކު އަސޫ އާއި ދަރިފުޅު ލޫތްގެ ހާލު ވެސް މިހާރު ރަނގަޅު ކަމަށެވެ. އަދި މި އުނދަގޫ ވަގުތުގައި ރަހުމަތްތެރިންނާއި ހެޔޮ އެދޭ އެންމެހާ ފަރާތްތަކުން ދެއްވި ހިތްވަރަށްޓަކައި ޝުކުރު އަދާ ކުރައްވާފައިވެ އެވެ.

އަސޫ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ މައްސަލަ ފުލުހަށް ހުށަހެޅީ އަވައްޓެރި އެކެވެ. އެ ހާދިސާ ހިނގާފައިވަނީ އިއްޔެ ރޭ ދަންވަރު އެވެ.

އީސަގެ ފަރާތުން އަސްރާއަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވި އިރު އެކަމަނާ ހޮސްޕިޓަލަށް ވަޑައިގެންނެވީ ފުލުހުންގެ އެހީއާއި އެކު ކަމަށްވެ އެވެ. މި މައްސަލައިގަ އަސްރާ ވަނީ ފުލުހުންނަށް ބަޔާންވެސް ދެއްވާފަ އެވެ.

މި މައްސަލައިގަ އީސަ މީޑިއާގައި އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް