ފަލަސްތީނަށް އެހީވުމަށް ސިވިލް ސާވިސް ކޮމިޝަންގެ ދިލަތި އެހީއެއް!

ސިވިލް ސާވިސް ކޮމިޝަނުން ފަލަސްތީނަށް އެހީވުމަށް 1000 ޑޮލަރު ހަދިޔާކޮށްފިއެވެ. އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ކޮމިޝަނުން މިހާރު ފަލަސްތީނާ ހައްދުފަހަނަ އަޅާފައިވާ އިސްރާއީލާ ދެމެދު ހި...

20 May 2021 | 07:14

ސިވިލް ސާވިސް ކޮމިޝަނުން ފަލަސްތީނަށް އެހީވުމަށް 1000 ޑޮލަރު ހަދިޔާކޮށްފިއެވެ.

އެ ކޮމިޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނީ، އެ ކޮމިޝަނުން މިހާރު ފަލަސްތީނާ ހައްދުފަހަނަ އަޅާފައިވާ އިސްރާއީލާ ދެމެދު ހިނގަމުން ދާ ހަނގުރާމައިގައި ފަލަސްތީނާއި އެެކު ތިބި ކަމަށެވެ. އަދި ކޮމިޝަނުގެެ މެންބަރުންނާ މުވައްޒަފުން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 1000 އެމެރިކާ ޑޮލަރު، (-/15000 ރުފިޔާ) ރާއްޖެެއިން ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދެެމުން އަންނަ ޖަމިއްޔާ "އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން"އަށްް ހަދިޔާކޮށްފައިވާނެ ކަމަށް ވެސް އެ ޓްްވީޓުގައި ވަނީ ބުނެފައެވެ.

https://twitter.com/cscmaldives/status/1395232771254099969

ރާއްޖެއިންް އަންނަނީ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްްދެމުންނެވެ. އިސްރާއީލުން ފަލަސްްތީނަށް ދެމުން އަންްނަ ހަމަލާތައް ދިވެހި ސަރުކާރާއި އަމިއްލަ ކުންފުނިތަކުން ވެސް ކުއްވެރިކުރެއެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ބިންތަކުގައި ދިރިއުޅޭ ޢަރަބިން މެއި މަހުގެ 18ވަނަ އެއްވެސް މަސައްކަތަކަށް ނުނިކުމެ ހަލުތާލުކުރަންވަނީ ރާއްވައިފައެވެ. އެ ހަލުތާލުތަކުގައި އިސްރާއީލުގެ ބިންތަކުގައި ދިރިއުޅޭ ޢަރަބިންވެސް ބައިވެރިވެ، މުޅި ޔަހޫދީ ދަޢުލަތް ހުއްޓުމަކަށް ގެންނަން އޮތީ ރާވައިފައެވެ.

އެގޮތުން ރާވައިފައިވާ ގޮތަށް ފަލަސްޠީނުގެ އެކި ސަރަޙައްދުތަކުގައި ވަރުގަދަ މުޒާހަރާތަކާއި ބޮޑެތި އެއްވުންތައް ބޭއްވިއެވެ. އެ އެއްވުންތަކުގައި އެތައް ހާސް ބަޔަކު ނުކުމެ މަގުތައް ފުރާލައި އިސްރާއީލާ ދެކޮޅަށް އަޑުއުފުލިއެވެ. ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަން ނިމުމަކަށް ގެނެސް ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ބޮޑެތި ޖަރީމާތައް ހުއްޓާލުމަށް އެއްވުންތަކުގައި ގޮވާލާފައިވެއެވެ. ފަލަސްޠީނުގެ މުހިންމު ސަރަޙައްދުތައްކަމަށްވާ ރާމަﷲއާއި އަލްޚަލީލާއި ޤުދުސްގައި އެވުންތައްވަނީ ކުރިޔަށްގެންގޮސްފައެވެ. ނަމަވެސް އެއްވުންތައް ވަރުގަދަވުމާއެކު ފެނިގެން ދިޔައީ އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުގެ އަނިޔާވެރިކަން ދައްކުވައިގެން ފަލަސްޠީނުގެ ރައްޔިތުން މައިތިރިކުރެވޭތޯއެވެ. އެއާއެކު ފެށުނު ހަމަނުޖެހުންތަކުގައި ފަލަސްޠީނުގެ 100އަށްވުރެ ގިނަ މީހުން ޒަޚަމުވެ، ބައެއް މީހުން ޝަހީދުވިއެވެ.

އިސްރާއީލުގެ އަނިޔާވެރި ސިފައިންވަނީ ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ބަޑިޖަހައި ކަރުނަ ގޭސް ބޭނުންކޮށްގެން އެއްވުންތައް ރޫޅާލެވޭތޯ މަސައްކަތްކޮށްފައެވެ. އެގޮތުން އިސްރާއީލުގެ ސިފައިންވަނީ ޑުރޯން ބޭނުންކޮށްގެންވެސް ކަރުނަ ގޭސް ޖަހައިފައެވެ. ނަމަވެސް އިސްރާއީލުގެ ސިފައިންނަށް އެއްވުންތައް މައިތިރި ނުކުރެވި ފަލަސްޠީނުގެ ޒުވާނުންނާ ވަކިވަކިން ކުރިމަތިލާން ޖެހި ބަލިވެގެން ފިލައިގެންދާ މަންޒަރުތައް މުޅި ދުނިޔެއަށްވަނީ ފެނިފައެވެ. މީސްމީޑިޔާގައި ފެތުރުނީ އިސްރާއީލުގެ ޔަހޫދީ ސިފައިންނާ ދެކޮޅަށް ފަލަސްޠީނުގެ ހިތްވަރުގަދަ ޒުވާނުން އޮށްގަލުން ކުރިމަތިލައި ފައްސާލި މަންޒަރުތަކެވެ. އޭގެ އިތުރުން ފަލަސްޠީނުގެ ބައެއް ސަރަޙައްދުތަކުގައި ފަލަސްޠީނުގެ ޒުވާނުން ނުކުމެ އިސްރާއީލުގެ އިސްތިޢުމާރީ ސިފައިންނަށްވަނީ ބަޑިންވެސް ޙަމަލާދީފައެވެ. އަދި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު އިސްތިޢުމާރީ ސިފައިން ބަލިވެން ފިލަން ދުވާ މަންޒަރާއީ ޒަޚަމުވެފައިވާ ޔަހޫދީ ސިފައިން ސަލާމަތްކުރުމަށް މަސައްކަތްކުރާ މަންޒަރުތައް ބައެއް ބައިނަލްއަޤްވާމީ ޓީވީ ޗެނަލުތަކުންވަނީ ވަގުތުން ދުރަށް ދައްކައިފައެވެ.

ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ އިތުރުން ފާއިތުވި އެތަކެއް އަހަރެއްވަންދެން ރަށުބަންދުކޮށްފައިވާ ޣައްޒާއިގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ދަނީ ހުއްޓުމެއް ނެތި އިސްރާއީލަށް ރޮކެޓު ޙަމަލާތައް ދެމުންނެވެ. އިސްރާއީލުން ބޮޑު ޚަރަދެއްކޮށްގެން ޤާއިމުކޮށްފައިވާ ވައިގެ ދިފާޢީ ނިޒާމު ފޫއަޅުވާލައި އެތައް ރޮކެޓެއްވަނީ ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ބިންތަކަށް އަމާޒުވެފައެވެ. އޭގެ އިތުރުން ޙަމާސުންވެސްވަނީ ޔަހޫދީންގެ އަމާޒުތަކަށް ޙަމަލާތައް އަމާޒުވާތަން ދައްކުވައިދޭ ވީޑިޔޯތައް ޢާންމުކޮށްފައެވެ. ޙަމާސުންވަނީ ފާއިތުވި 7 ދުވަހުގެ ތެރޭގައި އިސްރާއީލަށް ނުދޭވަރުގެ ވަރުގަދަ ޙަމަލާތަކެއް މިއަދު ދީފައެވެ. އަދި އެ ޙަމަލާތަކުގައި އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުގެ ގިނަ ބަޔަކަށް ބޮޑެތި ގެއްލުންތަކެއްވެ، ބައެއް މީހުންވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް