ބ. ދަރަވަންދޫ އިން ފުލުހުން ބުދަ ދުވަހުގެ ރޭ ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ސައިކަލެއް ގޮއްވާލި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ. ހައްޔަރު ކޮށްފައިފަނީ ލ. ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު ނަމަކަށް ކިޔާ މީހެކެވެ.
ފުލުހުން މިކަން ހާމަކުރީ މިހާރު ކުރިއަދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި މައްސަލައާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް އިތުރު އޮޕަރޭޝަންތަކެއް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އެގޮތުން އައްޑޫ ސިޓީގައި ހިންގާފައިވާ އޮޕަރޭޝަންގައި 9 މީހަކާއި ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ، މާލޭގައި ހިންގާ އޮޕަރޭޝަންތަކުގައި މިހާރުވެސް 5 ގެއެއް ބަލައި ފާސްކޮށް ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި، މާލޭގައި މިހާރުވެސް އިތުރު އޮޕަރޭޝަންތައް ކުރިއަށްދާކަމާށެވެ، މިފަދަ ތަންތަން ބަލައި ފާސްކުރުމުގެ މަޤްސަދަކީ ރާއްޖޭގައި ހަރުކަށި ފިކުރާއި ޓެރަރިޒަމްގެ އަމަލްތައް ހުއްޓުވުން ކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރޭގައި ހަތިޔާރު ނުހިމެނޭ ކަމަށާއި، ބައެއް ޑިޖިޓަލް ސާމާނު އަދި ހަރުކަށި ފިކުރު ފަތުރަން ބޭނުންކުރާ ބައެއް ސާމާނު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ބޮންގޮއްވާލި ހާދިސާއާ ގުޅިގެން މިހާތަނަށް ހައްޔަރުކޮށްފައިވަނީ، ބޮންގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32 އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް