ލ. އިސްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 85 ޕަސެންޓާއި އެއްގަމުތޮށި ލުމުގެ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
މި މަޝްރޫޢުގެ ދަށުން، 27،129 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރާނެއެވެ. އަދި 230 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލައި 208 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށި ލާގޮތަށް ވެސް ވަނީ ހަމަޖެހިފައެވެ.
އިސްދޫގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައި ވަނީ 98 މީޓަރުގެ ސަރަޙައްދެއްގައެވެ. މީގެ އިތުރުން، ބަނދަރު ބައްތި ހަރުކުރުމަކީ ވެސް ހަމަ މި މަޝްރޫޢުތެރޭގައި ކުރާނެ ކަމެކެވެ.
1،560 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ،34.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މި މަޝްރޫޢު މޮބިލައިޒް ކުރެވިފައިވަނީ 04 އޯގަސްޓް 2020 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް