ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހައްޔަރު ކުރަން މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޚައިތަމް ގޮވާލައްވައިފިއެވެ.
ހައިތަމް މިހެން ގޮވާލެއްވީ އީސަ އާއި ދެކޮޅަށް ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައިގަ ކުރެއްވި ޓުވީޓެއްގައި އެވެ.
ހައިތަމް ކުރެއްވި ޓުވީޓުގައި ފުލުހުން ޓެގް ކުރައްވާ ވިދާޅުވެފައިވަނީ އީސަގެ އަމަލުތަކަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވެ ހުންނަވައި ކުރަން ލަދު ގަންނަން ޖެހޭ ފަދަ ކަމެއް ކަމަށެވެ. އަދި މިކަމުގައި އަވަހަށް އިންސާފު ގާއިމްކޮށްދިނުމަށް އެދިވަޑައިގެންނަވާ ކަމަށް ވިދާޅުވި އެވެ.
އަދި ވަގުތުން އީސާ ހައްޔަރު ކުރަން ޖެހޭ ކަމަށް ހައިތަމް ގޮވާލައްވާފައި ވެއެވެ.
https://twitter.com/ahmhaitham/status/1395235569957933056
މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އީސަ އަނިޔާ ކުރައްވާފައިވަނީ އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމަށެވެ. އަސްރާ އަކީ ނައިބު ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅެވެ.
އަދި އީސަގެ މައްސަލައެއް ޕޮލިހަށް ހުށަހަޅާފައިވަނީ އެގޭގެ އަވައްޓެރިއެއް ކަމަށްވެ އެވެ.
އީސަގެ ފަރާތުން އަސްރާއަށް ބޮޑެތި އަނިޔާތަކެއް ލިބިވަޑައިގެންނެވި އިރު އެކަމަނާ ހޮސްޕިޓަލަށް ވަޑައިގެންނެވީ ފުލުހުންގެ އެހީއާއި އެކު ކަމަށްވެ އެވެ. މި މައްސަލައިގަ އަސްރާ ވަނީ ފުލުހުންނަށް ބަޔާންވެސް ދެއްވާފަ އެވެ.
އިއްޔެ ހަވީރުގެ ވަގުތެއްގައި އަސްރާ ވަނީ ފެމެލީ އެންޑް ޗައިލްޑް ޕްރްޓެކްޝަން ޑިޕާޓްމެންޓްގައި އީސައާ ދެކޮޅަށް ބަޔާންދީފައެވެ.
މި މައްސަލައިގައި ހަމަ އެއްޗެއް ބުނެލާނެ އެމްޕީއެއް ވެސް ނެތީތޯ، މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ވެސް ވަނީ ސުވާލު އުފައްދާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް