ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
މަރުވަފައިވަނީ އުމުރުން 36 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. އެމީހާ މަރުވީ ރޭ މެންދަމުު 2:00 ގައި އެވެ.
އެޗްޕީއޭއިން ބުނީ މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ލ. ގަން ކޯވިޑް މެނޭޖްމެންޓް ފެސިލިޓީގައި އެވެ.
މިއީ މިހާތަނަށް ރާއްޖެއިން ކޯވިޑް ޖެހިގެން މަރުވި 113 ވަނަ މީހާ އެވެ. އަދި މިމަހު ކޯވިޑް ޖެހިގެން މަރުވި 40 ވަނަ މީހާ އެވެ.
އިއްޔެ އަކީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން އެއް ދުވަހާއި ކޯވިޑް ޖެހިގެން މަރުވި ދުވަހެވެ. އިއްޔެ ހަތް މީހަކު ކޯވިޑް ޖެހިގެން މަރުވެފައިވެ އެވެ.
ރާއްޖެއިން މިހަތަނަށް ކޯވިޑް-19 އަށް 48،608 މީހުން ޕޮސިޓިވްވެފައިވެ އެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައި ވަނީ 29،644 މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް